Newscast
ހަބަރު

ޤައުމީ އިންޖިނޭރުންގެ ދުވަހާ ގުޅުވައި އެސްޓީއޯއިން ދެ ސްކޮލަޝިޕެއް ތަޢާރަފްކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 30 Aug 2026
ޤައުމީ އިންޖިނޭރުންގެ ދުވަހާ ގުޅުވައި އެސްޓީއޯއިން ދެ ސްކޮލަޝިޕެއް ތަޢާރަފްކޮށްފި
އެސްޓީއޯ ހެޑް އޮފީސް

މި ސްކޮލަޝިޕްތައް އިފްތިތާޙުކޮށްދެއްވީ އެ ދުވަހާ ގުޅިގެން އެސްޓީއޯއިން ބޭއްވި ޚާއްޞަ ހަފްލާގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޚުމޫދު ޝައުޤީއާއި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ޤައުމީ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިންޖިނިއަރިން ދާއިރާއަށް ޚާއްޞަ ދެ ސްކޮލަޝިޕެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ސްކޮލަޝިޕްތައް އިފްތިތާޙުކޮށްދެއްވީ އެ ދުވަހާ ގުޅިގެން އެސްޓީއޯއިން ބޭއްވި ޚާއްޞަ ހަފްލާގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޚުމޫދު ޝައުޤީއާއި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމެވެ.

ތަޢާރަފްކުރި ދެ ސްކޮލަޝިޕްގެ ތެރެއިން އެއް ފުރުޞަތު ޚާއްޞަކޮށްފައި ވަނީ ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާއަށެވެ. އެސްޓީއޯއިން ބުނީ އެ ސްކޮލަޝިޕަކީ އިންޖިނިއަރިން ދާއިރާއިން އަންޑަރ ގްރެޖުއޭޓް ފެންވަރު ހާސިލުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ހުޅުވައިލާ ފުރުޞަތެއް ކަމަށެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއް މެދުވެރިކޮށް އެއް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭ ސްޕެޝަލައިޒޭޝަނެއްގެ ގޮތުގައި މި ޕްރޮގްރާމް ރާވައިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ދެވަނަ ސްކޮލަޝިޕް ޚާއްޞަކޮށްފައި ވަނީ އެލެވޭޓާ އިންސްޓޮލޭޝަންގެ ދާއިރާއަށެވެ. ދުނިޔޭގެ އެންމެ މަޤުބޫލު އެލެވޭޓާ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ "ކޯނޭ" ރާއްޖޭގައި ޑިސްޓްރިބިއުޓް ކުރަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ވާތީ އެ ދާއިރާގައި މަސައްކަތްކުރާ ދިވެހީންގެ ޢަދަދު އިތުރުކުރުމުގެ ބޭނުމުގައި ކޯނޭ އެކަޑެމީއާ ގުޅިގެން މި ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މި ދެ ސްކޮލަޝިޕަކީ ވެސް އިންޖިނިއަރިން ދާއިރާއިން ދިވެހި ފަންނީ މީހުން ބިނާކުރުމަށް އެސްޓީއޯއިން ކުރާ މަސައްކަތުގެ ބައެކެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެންސްޕާގެ އެހީތައް ލިބޭ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ފަށައިފި
ހަބަރު 30 Aug 2026

އެންސްޕާގެ އެހީތައް ލިބޭ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ފަށައިފި

އެ އެޖެންސީން ނެރުނު އިއުލާނުގައިވާ ގޮތުން ޤަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ދޫކުރެވޭނީ ދެ އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ނޮވެމްބަރު ނިޔަލަށް އެހީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު 30 ގެ ކުރިން ވަން.ގަވް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ.

ގޭސް ލީކުވެ މަރުވި ޒާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފި
ހަބަރު 30 Aug 2026

ގޭސް ލީކުވެ މަރުވި ޒާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްފި

މި ހާދިސާގައި މަރުވީ ގއ. ވިލިނގިއްޔަށް އުފަން އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރެވުނެވެ.

ފޭކް ފޭސްބުކް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ހޯދި މީހަކަށް ޖަލު ހުކުމެއް އިއްވައިފި
ހަބަރު 30 Aug 2026

ފޭކް ފޭސްބުކް އެކައުންޓަކުން އޮޅުވާލައިގެން ފައިސާ ހޯދި މީހަކަށް ޖަލު ހުކުމެއް އިއްވައިފި

މި ހުކުމް އިއްވީ ކ. ކާށިދޫ ސިލިކޯން އިސްމާއިލް ޒަބީހުގެ މައްޗަށެވެ. ޝާނާ ހުސެއިންގެ ނަމުގައި ހިންގި ވަގު ފޭސްބުކް އެކައުންޓެއް ބޭނުންކޮށްގެން 2022 ވަނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހާ ހަމައަށް ގިނަ ބައެއް އަތުން އޭނާ ފައިސާ ނެގިކަން ދައުވާގައި ބަޔާންކޮށްފައިވެއެވެ. ޖަލު ހުކުމުގެ އިތުރުން 100000 ރުފިޔާއިން އޭނާ ޖޫރިމަނާ ކޮށްފައިވެއެވެ.

އީރާނުގެ އިންޤިލާބީ ލަޝްކަރުން ނިރުބަވެރި ގުރޫޕެއް ނައްތައިލައި ހަ މީހަކު ހައްޔަރުކޮށްފި
ދުނިޔެ 30 Aug 2026

އީރާނުގެ އިންޤިލާބީ ލަޝްކަރުން ނިރުބަވެރި ގުރޫޕެއް ނައްތައިލައި ހަ މީހަކު ހައްޔަރުކޮށްފި

އައިއާރްޖީސީގެ ޤުދްސް ލަޝްކަރުގެ މައި މަރުކަޒުން ނެރުނު ބަޔާނުގައި ބުނާ ގޮތުން ޕާކިސްތާނާއި އީރާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީ ސަރާވާން ސަރަޙައްދުގައި ހިންގި މި އޮޕަރޭޝަންގައި އެ ގުރޫޕުގެ އެކަކު މަރުވެފައިވެއެވެ. ޕުރޮވިންސުގެ ޖާސޫސީ އިދާރާއާއި އައިއާރްޖީސީގެ ޖާސޫސީ ގޮފީގެ އިތުރުން ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ހަ މީހުންގެ ތެރޭގައި ގުރޫޕުގެ މެންބަރުންނާއި އެ މީހުންނަށް ވާގިވެރިވި ފަރާތްތައް ހިމެނޭ ކަމަށް އައިއާރްޖީސީން ބުނެއެވެ.

އިންޑިއާ ސަފީރު ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލައްވައިފި
ހަބަރު 30 Aug 2026

އިންޑިއާ ސަފީރު ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެއިން ވިލިމާލެއަށް ބުރިޖު މަތިން ހިންގަވާފައި ވަޑައިގެންނެވި ތާރީޚީ ހިނގާލުމުގައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސަފީރު ސިފަކުރެއްވި ގޮތުގައި ރައީސްގެ އަރިހުގައި ބުރިޖު މަތިން ހިންގެވުމަކީ ލިބިވަޑައިގެންނެވި އުފާފުޅެކެވެ. އެ މަޝްރޫޢަކީ އިންޑިއާ ބޯޑަރުން ބޭރުގައި އެ ޤައުމުން ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަސައްކަތް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހަކު ހައްޔަރުކޮށްފި
ހަބަރު 30 Aug 2026

ގަދަކަމުން ކާރެއް އަތުލައި ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް މިސްކިތްމަގު އަންދާޒު އަޙްމަދު ޢައުނުﷲ )35އ( ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.