މައިގަނޑު ބަޔަށް ދާން

ހަބަރު

ވައިގެ ކޮލިޓީ ނުރައްކާ މިންވަރަށް ދަށްވެ މާލެއާއި ކުޅުދުއްފުއްޓާއި ފޮނަދުއަށް ރަތް ސަމާލު

ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ރަތް ސަމާލު ނެރެފިއެވެ.

ވައިގެ ކޮލިޓީ ނުރައްކާ މިންވަރަށް ދަށްވެ މާލެއާއި ކުޅުދުއްފުއްޓާއި ފޮނަދުއަށް ރަތް ސަމާލު

ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ރަތް ސަމާލު ނެރެފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ މިނިސްޓްރީގެ ވެބްސައިޓުން ފެންނަ ގޮތުގައި ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 168 ގައި ހުރިއިރު، މާލެ ސަރަޙައްދާއި ވިލިމާލޭގެ އޭކިއުއައި ހުރީ 160 ގައެވެ. ފޮނަދޫގެ އޭކިއުއައި ހުރީ 151 ގައެވެ.

މި މިންގަނޑަކީ ސިއްޙީ މައްސަލަތައް ހުންނަ ފަރާތްތަކަށް ނުރައްކާ މިންގަނޑެއް ކަމަށް އެލާޓުގައި ފާހަގަކޮށްފައިވެއެވެ. ސިއްޙަތު ރަނގަޅު މީހުން ވެސް ގިނައިރު ބޭރުގައި ހޭދަކޮށްފި ނަމަ ނޭވާލާން އުނދަގޫވުމާއި ކަރުތެރެ ހިރުވުން ފަދަ ކަންކަން ދިމާވެދާނެ ކަމަށް އެ އެލާޓުގައި ބުނެފައިވެއެވެ. އެހެންކަމުން ގިނަ ވަގުތު ބޭރުގައި ނޫޅުމަށް ކަމާ ބެހޭ އިދާރާތަކުން އިރުޝާދު ދީފައިވެއެވެ.

މެޓް އޮފީހުން މި މަހުގެ 19 ވަނަ ދުވަހު ލަފާކޮށްފައިވާ ގޮތުގައި ދުންފުހުގެ އަސަރު ކުރިއަށް އޮތް ފަސް ދުވަހު ކުރާނެއެވެ. ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އެދިފައިވެއެވެ.

އަވައްޓެރި ސްރީލަންކާއާއި އިންޑިއާގެ ވައި ވެސް ވަރަށް ބޮޑަށް ނުސާފުވެ، އެ ޤައުމުތަކުން ވެސް ބޭރަށް ނިކުމެ އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. އޭކިއުއައި މީޓަރުގައި 90 އާއި 130 އާ ދެމެދު އެއީ ސާފު ވައިގެ ކޮލިޓީ ކަމަށް ބެލެވޭ އިރު، 130 އިން މައްޗަށް ދާ ނަމަ އެއީ ސިއްޙަތަށް ނުރައްކާވާ މިންވަރެއް ކަމަށް ކަނޑައަޅައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.