މައިގަނޑު ބަޔަށް ދާން

ހަބަރު

ރައީސް މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު ޑިސެމްބަރުގައި ބަންގުލަދޭޝަށް

ޑިޕްލޮމެޓިކް އަދި އިޤުތިޞާދީ ގުޅުން ބަދަހިކުރުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ޑިސެމްބަރު މަހު ބަންގުލަދޭޝަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބަންގުލަދޭޝްގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ރައީސް މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު ޑިސެމްބަރުގައި ބަންގުލަދޭޝަށް

ޑިޕްލޮމެޓިކް އަދި އިޤުތިޞާދީ ގުޅުން ބަދަހިކުރުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ޑިސެމްބަރު މަހު ބަންގުލަދޭޝަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބަންގުލަދޭޝްގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާގެ އޮފިޝަލުން ހާމަކުރި ގޮތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ޑާކާއަށް ވަޑައިގަންނަވާނީ ޑިސެމްބަރު ހަތެއް އަދި އަށެއްގައެވެ. ރައީސް މުޢިއްޒު ޑިސެމްބަރު 13 ގައި ބަންގުލަދޭޝަށް ވަޑައިގެން، ތިން ދުވަހުގެ ދަތުރުފުޅަކަށް ފަހު ޑިސެމްބަރު 16 ގައި ފުރައިވަޑައިގަންނަވާނެ ކަމަށް ވެސް އެ އޮފިޝަލުން ބުނެފައިވެއެވެ.

މި ދަތުރުފުޅުތަކުގައި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދުމާއި، ސަރަޙައްދީ ގުޅުންތައް ހަރުދަނާކުރުމާއި، ރޮހިންޔާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެއެވެ. ބަންގުލަދޭޝް މަސައްކަތްތެރީން ގިނަ ޢަދަދަކަށް ހިޖުރަކުރާ ޤައުމެއްގެ ގޮތުގައި މެލޭޝިއާ ފާހަގަކުރެވޭ އިރު، ރާއްޖެއާ އެކު ފަތުރުވެރިކަމާއި މަސްވެރިކަމާއި ޞިއްޙީ ދާއިރާ އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ރޮނގުން ފުރުޞަތުތައް އޮތް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ބަންގުލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މި އަހަރުގެ ޖޫންގައި މެލޭޝިއާއަށް ވަޑައިގެންނެވިއެވެ. ރައީސް މުޢިއްޒު ވެސް ފެބްރުއަރީ 17 ގައި ބަންގުލަދޭޝްގެ އައު ސަރުކާރު ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.