މައިގަނޑު ބަޔަށް ދާން

ދުނިޔެ

ނޭޕާލާއި އިންޑިއާއިން ހަކަތައާއި ދަތުރުފަތުރާއި ތަޢުލީމީ ދާއިރާއިން ގިނަ އެއްބަސްވުންތަކެއް ޤާއިމުކޮށްފި

ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ނޭޕާލާއި އިންޑިއާއިން ހަކަތައާއި ދަތުރުފަތުރާއި ތަޢުލީމީ ދާއިރާއިން ގިނަ އެއްބަސްވުންތަކެއް ޤާއިމުކޮށްފި

ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބަލެންދުރަ ޝާހް އިންޑިއާއަށް ކުރެއްވި މި ފުރަތަމަ ދަތުރުފުޅުގައި ރާޝްތުރަޕަތީ ބަވަންއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވިއެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސާ ޑްރޮޕަޑީ މުރުމޫ އާއި ޚާރިޖީ ވަޒީރު ޑރ. އެސް. ޖަޔަޝަންކަރާ ބައްދަލުކުރެއްވުމުގެ އިތުރުން ރާޖްގާތުގައި ހުންނަ މަހާތުމާ ގާންދީގެ މަޤުބަރާއަށް ޒިޔާރަތް ކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން އިންޑިއާއިން ނޭޕާލުގެ ތަރައްޤީއަށް ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓެއް ދިނުމަށް އެއްބަސްވެފައިވެއެވެ. އެގޮތުން ޗިތުވަންގައި އެގްރޯ-އިންޑަސްޓްރިއަލް ޕާކެއް ޤާއިމުކުރުމާއި ނޭޕާލުގައި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ގެ ކެމްޕަހެއް ހުޅުވުމަށް ދެ ޤައުމުން ނިންމީ މި ދަތުރުފުޅުގެ ތެރެއިންނެވެ.

ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ ގޮތުން އަޔޯދްޔާ އާއި ޖަނަކްޕޫރާ ދެމެދު ރޭލު ޚިދުމަތް އިފްތިތާހުކުރިއެވެ. އަދި ގުޖުރާތުގެ ޑީންދަޔާލް ޕޯޓު މެދުވެރިކޮށް ނޭޕާލުގެ ޓްރާންސިޓް ވިޔަފާރިއަށް އައު މަގެއް ހުޅުވައިދިނުމަށް ވެސް ދެ ފަރާތުން އެއްބަސްވިއެވެ. ހަކަތައިގެ ދާއިރާއިން މޯތިހާރީ-އަމްލޭޚްގަންޖް ޕެޓްރޯލިއަމް ޕައިޕްލައިނުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށް، 669 މެގަވޮޓުގެ ލޯވަރ އަރުން ހައިޑްރޯ-އިލެކްޓްރިކް މަޝްރޫޢުގެ ބިންގާ އެޅިއެވެ. މީގެ އިތުރުން ޞިއްޙަތާއި، އާޔުރްވޭދައާއި، ސެޓެލައިޓް ކޮމިއުނިކޭޝަނާއި، ލައިވްސްޓޮކާއި، ޕޮލިސް އެކަޑަމީ އާއި ފޮރެންސިކް ދާއިރާ ހިމެނޭ ގޮތުން ޖުމްލަ އަށް އެމްއޯޔޫއެއްގައި ދެ ޤައުމުން ސޮއިކޮށްފައިވެއެވެ.

ދަތުރުފުޅު ނިންމަވާލައްވަމުން ބޮޑުވަޒީރު ބަލެންދުރަ ޝާހް، އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވައި، ނޭޕާލަށް ވަޑައިގެންނެވުމަށް ބޮޑުވަޒީރު މޯދީއަށް ރަސްމީ ދަޢުވަތު އެރުއްވިއެވެ. މޯދީ އެ ދަޢުވަތު ޤަބޫލުކުރެއްވި ނަމަވެސް ދަތުރުފުޅުގެ ތާރީޚުތައް ދެ ޤައުމުން މަޝްވަރާކޮށްގެން ކަނޑައަޅާނެ ކަމަށް އިންޑިއާގެ ޚާރިޖީ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.