ޓޫރިޒަމް ކުލި ނުދައްކާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅަން ނިންމައިފި
ޓޫރިޒަމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު )ޤާނޫނު ނަންބަރު 2/99( އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ. އެހެން ނަމަވެސް ސީދާ ކޮން ފިޔަވަޅެއް އެޅުމަށް ރާވާފައިވާ ކަމެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކައި ތިބި ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ޓޫރިޒަމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/99) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ. އެހެން ނަމަވެސް ސީދާ ކޮން ފިޔަވަޅެއް އެޅުމަށް ރާވާފައިވާ ކަމެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މި ނިންމުން ހިނގާނީ ހަމައެކަނި ހިންގަމުންދާ ތަންތަނަކަށް ނޫނެވެ. ވުޒާރާގެ ހުއްދައެއް ނެތި އޮޕަރޭޝަން ހުއްޓާލައިފައިވާ ތަންތަނުގެ ތެރެއިން ވެސް ކުލީގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ފަރާތްތައް މި ފިޔަވަޅުގެ ތެރޭގައި ހިމެނެއެވެ.
ދައުލަތަށް ލިބެންޖެހޭ އާމްދަނީ ގަވާއިދުން ހޯދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ބިން ނަގާފައިވާ އެންމެހައި ފަރާތްތަކުން ނުދައްކައި ހުރި ކުއްޔާއި ޖޫރިމަނާ ވީ އެންމެ އަވަހަކަށް ދައްކައި ޚަލާޞް ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް