ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026 ރައީސް އިފްތިތާހުކޮށްދެއްވައިފި
ޞިއްޙީ ދާއިރާގެ 60 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާ މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026 ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.

އެކްސްޕޯ ހުޅުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ތަފާތު ސްޓޯލްތަކަށް ވަޑައިގެން، އެ ތަންތަނުން ދެމުންގެންދާ ޚިދުމަތްތަކާއި މަޢުލޫމާތު ބައްލަވާލައްވާފައެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މާލެއާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ހިމެނޭ ގޮތަށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ 60 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާޢަތެއް މި އެކްސްޕޯގައި ބައިވެރިވެފައިވެއެވެ. ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ވެސް މި މައުރަޒުން ލިބެން ހުންނާނެއެވެ.
ޞިއްޙީ ދާއިރާގެ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުވައި، ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި ބާއްވާ މި އެކްސްޕޯ ހުރިހާ ޢުމުރު ފުރައެއްގެ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްދާނީ ނޮވެމްބަރު ފަހެއް އިން ހަތެއް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް