ބެލެނިވެރިން ހޭލުންތެރިކުރުމުގެ "އަލިވޮށް" ސެޝަންތައް ނ. ލަންދޫގައި ފަށައިފި
އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރަށް އަލިއަޅުވައިލާ "އަލިވޮށް" ޕްރޮގްރާމް ނ. ލަންދޫގައި މިއަދު ފަށައިފިއެވެ.
އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރަށް އަލިއަޅުވައިލާ "އަލިވޮށް" ޕްރޮގްރާމް ނ. ލަންދޫގައި މިއަދު ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ލައިފް ޖަމްޢިއްޔާ، ނ. ލަންދޫ ކައުންސިލް އިދާރާ، ލަންދޫ ސްކޫލް، އިންސްޓިޓިއުޓް އޮފް ތިލާވަތުލް ޤުރްއާން (އައިޓީކިއު)، ހެނބަދޫ އިސްލާމިކް އެސޯސިއޭޝަން (އެޗްއައިއޭ) އަދި އަލްޢަޞްރު ޖަމްޢިއްޔާ ގުޅިގެން އިންތިޒާމުކުރާ ޕްރޮގްރާމެކެވެ. ސެޝަންތައް ނަންގަވައިދެއްވާނީ އައްޝައިޚް ސާޖިދު މުޙައްމަދެވެ.
ފުރަތަމަ ސެޝަން މިއަދު ހަވީރު 4:00 އިން 5:30 އަށް ލަންދޫ ސްކޫލް ހޯލުގައި ކުރިއަށް ދާ އިރު، މިރޭ 8:00 އިން 10:00 އަށް ވެސް އެ ހޯލުގައި ސެޝަނެއް ބާއްވާނެއެވެ. އޭގެ އިތުރުން 6 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހެނދުނު 9:15 އިން 10:00 އަށް އައިޓީކިއު ކްލާސްރޫމް 1 ގައި ޚާއްޞަ ސެޝަނެއް ބާއްވާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ. އެ ސެޝަނުގައި ބައިވެރިވެވޭނީ އައިޓީކިއުން ބެލެނިވެރިންނަށް ޚާއްޞަކޮށްގެން މިހާރު ވެސް ހިންގަމުންދާ "ލޮލުގެ ފިނިކަން" ޕްރޮގްރާމްގެ ބައިވެރިންނަށް އެކަންޏެވެ.
ޕްރޮގްރާމް އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ސެޝަންތަކުގެ މައިގަނޑު ބޭނުމަކީ ހެޔޮލަފާ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ބެލެނިވެރިންނަށް ބޭނުންވާ މުހިންމު އިރުޝާދާއި މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އެ ފަރާތްތަކުން ވަނީ ލަންދޫގެ ވީހާ ވެސް ގިނަ ބެލެނިވެރިން ސެޝަންތަކުގައި ބައިވެރިވުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް