މައިގަނޑު ބަޔަށް ދާން

ހަބަރު

މަނީ ޗޭންޖަރުންގެ މަސައްކަތް ޑިޖިޓަލް ކުރުމަށް އެމްއެމްއޭއިން އައު ސިސްޓަމެއް ތައާރަފްކޮށްފި

ފައިސާ މާރުކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ އޮޕަރޭޝަންތައް ޒަމާނީ ކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މަނީ ޗޭންޖަރ ސިސްޓަމް" ގެ ނަމުގައި ޑިޖިޓަލް ޕްލެޓްފޯމެއް އިފްތިތާހުކޮށްފިއެވެ.

މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ. މިއީ މަނީ ޗޭންޖިންގ ވިޔަފާރީގެ އިދާރީ ކަންކަމާއި ދުވަހުން ދުވަހަށް ހިންގާ މަސައްކަތްތައް އޮޓޮމޭޓް ކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމުގެ ޒަރީއާއިން އެމްއެމްއޭ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު މުއާމަލާތް ކުރުން އަވަސްވެ ފަސޭހަވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އެ ގޮތުން ގަވާއިދުން ހިއްސާކުރަންޖެހޭ މައުލޫމާތު ފޮނުވުމުގެ އިތުރުން ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓު ވެސް މި ސިސްޓަމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

އެމްއެމްއޭއިން ބުނީ މި ސިސްޓަމުގެ ސަބަބުން ފައިސާ މާރުކުރުމުގެ ދާއިރާ ސުޕަވައިޒްކޮށް ބެލެހެއްޓުން ހަރުދަނާވެ، މާލީ ދާއިރާ އިތުރަށް ވަރުގަދަވުމަށް މަގުފަހިވާނެ ކަމަށެވެ.

1 ޑިސެމްބަރު 2026 އިން ފެށިގެން މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކެއް ވެސް މުއާމަލާތްތައް ރެކޯޑުކޮށް ރިޕޯޓު ކުރުމަށް ބޭނުންކުރަންޖެހޭނީ މި ސިސްޓަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.