Newscast
ހަބަރު

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 24 Aug 2026
ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި
ވެލާނާގެ ބިލްޑިންގ؛ ފޮޓޯ / ދަ ސްޓޭމްޑާރޑް

އެ ކޮމިޝަނުން ތައްޔާރުކުރި މި އުޞޫލު ލާޒިމުކުރާ ގޮތުން ވަޒީފާއަށް ހުޅުވައިލާ މަޤާމަކީ އެ ރަށެއްގެ ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އަދި މާލީ ގޮތުން ޚަރަދު ހަމަޖެހިފައި އޮތް މަޤާމަކަށް ވާންޖެހެއެވެ. ފުރުޞަތު ހުޅުވައިލާނީ ހަމައެކަނި އެ ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރަށެއް ޝާމިލުވާ ގޮތަށެވެ.

އާބާދީ މަދު ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ބޭނުންވާ މުވައްޒަފުން ހަމަ އެ ރަށަކުން ނުލިބޭ ޙާލަތުގައި އެ އަތޮޅެއްގެ އެހެން ރަށެއްގައި ދިރިއުޅޭ ފަރާތެއް ވަޒީފާއަށް ނެގެވޭނެ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން އުޞޫލެއް އެކުލަވައިލައިފިއެވެ.

އެ ކޮމިޝަނުން ތައްޔާރުކުރި މި އުޞޫލު ލާޒިމުކުރާ ގޮތުން ވަޒީފާއަށް ހުޅުވައިލާ މަޤާމަކީ އެ ރަށެއްގެ ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އަދި މާލީ ގޮތުން ޚަރަދު ހަމަޖެހިފައި އޮތް މަޤާމަކަށް ވާންޖެހެއެވެ. ފުރުޞަތު ހުޅުވައިލާނީ ހަމައެކަނި އެ ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރަށެއް ޝާމިލުވާ ގޮތަށެވެ.

މި އިންތިޒާމުގެ ދަށުން ވަޒީފާ ހަމަޖެހޭ ފަރާތް ޙާޒިރުވެ މަސައްކަތް ކުރާނީ އެ ފަރާތެއް ދިރިއުޅޭ ރަށެއްގެ ކައުންސިލް އިދާރާގައެވެ. އެހެންނަމަވެސް ވަޒީފާ ލިބޭ މީހެއްގެ ދިރިއުޅުން ހުންނަންވާނީ ވަޒީފާ އޮތް އިދާރާ ނިސްބަތްވާ އަތޮޅުގެ ރަށެއްގައެވެ. މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައެޅުމުގައި ބަލާނީ ދައުލަތުގެ ޕޭ ފްރޭމްވާކުގެ މިންގަނޑާ އެއްގޮތަށެވެ.

ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި ކުރިއެރުން ދިނުން ފަދަ ހުރިހާ ކަމެއް ގެންދާނީ ސިވިލް ސާވިސް ޤާނޫނާއި ޤަވާއިދާއި އެ ކޮމިޝަނުގެ އުޞޫލުތަކާ އެއްގޮތަށް ކަމަށް އެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުވައްޒަފުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން ހަވާލުވާނީ އެ މީހަކު ޙާޒިރުވެ މަސައްކަތް ކުރާ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި ފަރާތެއް ކަމަށް ވެސް ބުނެފައިވެއެވެ.

މަޤާމުތަކަށް މީހުން ހޮވުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ސިވިލް ސާވިސް ކޮމިޝަނުން ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ އިދާރާއަކުންނެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި
ކުޅިވަރު 24 Aug 2026

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި

މެޗުގެ ފަހު 25 މިނެޓަށް ދަނޑަށް ނުކުތް އާޖެންޓީނާގެ ފޯވަޑާ ދެކޮޅަށް ވާމްއަޕް ކުރަމުން ދިޔައިރުން ފެށިގެން ސަޕޯޓަރުން ދިޔައީ މަލާމާތާ އެކު ހަޅޭއްލަވަމުންނެވެ. އެތްލެޓިކޯގެ ޕްރެކްޓިސް ދަނޑު ވަށައިގެން އޭނާއާ ދެކޮޅު ބެނާތައް ވެސް ދެމިފައި ހުއްޓެވެ. އެ ބެނާތަކުގެ ތެރެއިން ބެނާއެއްގައި "އަލްވަރޭޒް މިހާރު މި ކުލަބުން ދޭ" މިހެން ލިޔެފައިވެއެވެ.

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި
ކުޅިވަރު 24 Aug 2026

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި

ޕޮޑްކާސްޓެއް ކަމުގައިވާ "ދަ ރެސްޓް އިސް ޕޮލިޓިކްސް: ލީޑިން" އަށް ދިން ބަސްދީގަތުމެއްގައި ކެފަރިން ބުނީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ފަހަކަށް އައިސް ހިނގި ކަންކަމާ ގުޅިގެން ވާހަކަ ނުދައްކާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އިންތިޚާބުގައި އިންފަންޓީނޯ ބައިވެރިވެއްޖެ ނަމަ އޭނާއަށް ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކެފަރިން ބުނެފައިވެއެވެ. ޔޫރަޕުގެ ފުޅާ ތާއީދާ އެކު އިންފަންޓީނޯއާ ދެކޮޅު ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ކެންޑިޑޭޓަކީ ކެފަރިން ނޫން ކަމަށް އޭނާ ވަނީ ސާފުކޮށްދީފައެވެ.

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ
ހަބަރު 24 Aug 2026

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ

އެ ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި
ހަބަރު 24 Aug 2026

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި

އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ޝިއުރީ އަދި އެއްވެސް ތަފުސީލެއް ހާމައެއް ނުކުރައްވައެވެ. ޝިއުރީ އެ މަޤާމަށް އައްޔަނުކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ހަބަރު 24 Aug 2026

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އދ.ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގެވެ. 2027 އިން 2031 އަށް ދެމިގެންދާ މި އޮނިގަނޑަކީ އދ.ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން ބައްޓަންކުރެވުނު އެންމެ މަތީ ފެންވަރުގެ އިސްތިރާޖީ އަދި ތަންފީޒީ ލިޔުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ރަސްމާލެއިން 716 ހެކްޓަރު ހިއްކައި ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ރެކޯޑް ހޯދައިފި
ހަބަރު 24 Aug 2026

ރަސްމާލެއިން 716 ހެކްޓަރު ހިއްކައި ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ރެކޯޑް ހޯދައިފި

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި ޖުމްލަ 1،150 ހެކްޓަރު ހިއްކުމަށް ރާވާފައިވާ މި މަޝްރޫޢުގެ ތެރެއިން 716 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވެއެވެ. ކުރިން ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށެއްގެ ގޮތުގައި އޮތީ 609 ހެކްޓަރުގެ ހައްދުންމަތީ ގަން ކަމަށް ވިޔަސް ރަސްމާލެ މިހާރު އެ ރަށަށް ވުރެ 107 ހެކްޓަރު ބޮޑު ކަމަށް ނާޝިދު ވިދާޅުވިއެވެ.