ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ - އަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހުން ކުށްވެރިކޮށްފި
ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުގެ ދެ މީހަކު ކައިވެނީގެ ހަރަކާތެއް ހިންގި މައްސަލަ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެ ކަމުގައި ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ގޮވައިލައިފިއެވެ.
ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުގެ ދެ މީހަކު ކައިވެނީގެ ހަރަކާތެއް ހިންގި މައްސަލަ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެ ކަމުގައި ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ގޮވައިލައިފިއެވެ.
އެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ޢަމަލަކީ އިސްލާމްދީނުގެ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ސީދާ ޚިލާފު ކަމެކެވެ. ރިސޯޓުގައި އެ ކަން ހިންގުމުގެ އިތުރުން މީޑިއާ މެދުވެރިކޮށް އެ މަންޒަރު ފެތުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ރިސޯޓުތަކަކީ ދިވެހި ދައުލަތުގެ އިޚްތިޞާޞް ހިނގާ ބިންތަކެއް ކަމަށް ވާތީ، އެ ތަންތާނގައި ޤާނޫނާ ޚިލާފު ޖަރީމާތަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނިކުރުމަކީ ދިވެހި ޤާނޫނުތައް ޖިނާއީ ބޮޑު ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކަން ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ. ފަތުރުވެރިކަމުގެ ނިވާފަތްގަނޑުގައި މި ފަދަ ކަންކަން ހިންގުމަކީ ޤައުމުގެ އިސްލާމީ ޢަޤީދާއާއި ސަގާފަތަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ވެސް ޢިލްމުވެރިންގެ މަޖިލީހުން ސިފަކޮށްފައިވެއެވެ.
ފާޙިޝް ޢަމަލުތައް ފާޅުގައި ހިންގައި ޢާންމުކުރުމުގެ ނުރައްކާ ބަޔާންކުރަމުން، ދަލީލެއްގެ ގޮތުން މާތް ﷲ ގެ ވަޙީ ބަސްފުޅެއް ގެނެސްފައިވެއެވެ. "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، އަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާހިރަތުގައި ވޭންދެނިވި އަޒާބު އެމީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ." (ސޫރަތުއް ނޫރު 19)
މި ޢަމަލު ހިންގި ރިސޯޓާއި ބައިވެރިވި އެންމެހައި ފަރާތްތައް ވީ އެންމެ އަވަހަކަށް ތަޙުޤީޤުކޮށް، ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް އެ މަޖިލީހުން ވަނީ ގޮވައިލައިފައެވެ. ހަމައެއާ އެކު، ރިސޯޓުތައް ހިމެނޭ ގޮތަށް ދިވެހި ސިޔާދަތީ ބާރު ހިނގާ ހުރިހާ ތަނެއްގައި މި ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅު އެޅުމަށް ދައުލަތުގެ މަސްއޫލުވެރިންނަށް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް