މައިގަނޑު ބަޔަށް ދާން

ހަބަރު

ޑީޕޯޓްކުރަން އެއާޕޯޓަށް ގެންދިޔަ ބިދޭސީއަކު ޕާސްޕޯޓު ވީދާލައި މުދަލަށް ގެއްލުންދީފި

އިމިގްރޭޝަނުގެ ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 21 އަހަރުގެ ފިރިހެނަކު ފުރުވާލުމަށް އެއާޕޯޓަށް ގެންދިޔުމުން އެ މީހާ އަމިއްލަ ޕާސްޕޯޓު ވީދާލައި، އިމިގްރޭޝަނުގެ ހޯލްޑިން ސެލަށް ގެއްލުން ދީފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ޝޭހް އެމް.ޑީ މަސުމް ލަތީފް ނަމަކަށް ކިޔާ މި މީހާ އިމިގްރޭޝަނުގެ ބެލުމުގެ ދަށުން ފުރުވާލުމަށް ގެންދިޔަ ވަގުތު ޕާސްޕޯޓު ވީދާލުމަށްފަހު، ހޯލްޑިން ސެލުގައި ބެހެއްޓުމުންވެސް ތުހުމަތުކުރެވޭ ބާވަތުގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި އެ މީހާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދުކުރުމަށްފަހު އެ މީހާގެ ޢަމަލުތައް ހުރި ގޮތުން ނަފްސާނީ ބައްޔެއް ހުރެދާނެ ކަމަށް ބެލެވިގެން އެސެސްމެންޓެއް ހެދި ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެ ރިޕޯޓަށް ބެލުމަށްފަހު، ޖިނާއީ ތުހުމަތުކޮށް ތަޙުޤީޤު ހިންގައި ދަޢުވާ އުފުލުމަށް ހުރަހެއް އޮތް ކަމަކަށް ނުފެންނަ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެ މީހާގެ ބަންދު މުއްދަތު ހަމަވާނީ ކޯޓު އަމުރު ނެރުނު ދުވަހުން ފެށިގެން 15 ދުވަސް ފަހުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.