ރިވެލި އެވޯޑު 2026 - އަމީނިއްޔާ ސްކޫލާއި އެޗްޑީސީ ހިމެނޭހެން އަށް ފަރާތަކަށް އެވޯޑު ދީފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކޮށް، އެ ފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ ރިވެލި އެވޯޑު މި އަހަރު ހަ ދާއިރާއަކުން އަށް ފަރާތަކަށް އަރުވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކޮށް، އެ ފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ ރިވެލި އެވޯޑު މި އަހަރު ހަ ދާއިރާއަކުން އަށް ފަރާތަކަށް އަރުވައިފިއެވެ.
މި އަހަރުގެ އެވޯޑަށް 25 ފަރާތަކުން ނަން ހުށައެޅިއެވެ. އެވޯޑު ދީފައިވާ ދާއިރާތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއާއި، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ ދާއިރާއާއި، ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއާއި، ޚިދުމަތްދޭ ޖަމްޢިއްޔާތަކުގެ ދާއިރާއާއި، ފަންނީ އަދި ފަރުދީ އެހީތެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން އެވޯޑު ލިބުނީ ހދ. ކުރިނބީ ޢަލީ ސަމީމާއި، ސ. މަރަދޫ މުޙައްމަދު ނާހިލް ސަލާމާއި، ހ. ޝަފީޤުގެ ޢާއިޝަތު ޝަފީޤަށެވެ. ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ ދާއިރާއިން ށ. ބިލެތްފަހީ ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަށް އެވޯޑު ލިބުނުއިރު، ތަޢުލީމީ ދާއިރާއިން އެވޯޑު ހޯދީ އަމީނިއްޔާ ސްކޫލެވެ. ފަންނީ އެހީތެރިކަމުގެ ދާއިރާއިން ހދ. ކުޅުދުއްފުށީ ފާޠިމަތު މުޙައްމަދަށް އެވޯޑު ލިބުނެވެ. އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑަށް އެވޯޑު ލިބިފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ޤައުމީ ޔުނިވަރސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރުމާ ގުޅިގެން، ށ. ކޮމަންޑޫ އިސްމާޢީލް ރާހިލަށް ޞިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ މިނިސްޓްރީން ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
ރިވެލި އެވޯޑާ އެކު ސަރުކާރުގެ ދުރުރާސްތާ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމަޢުގައި ފުޅާކޮށް، އެންމެން ޝާމިލުވާ އޯގާތެރި މާޙައުލެއް ޤާއިމުކުރުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް