މައިގަނޑު ބަޔަށް ދާން

ހަބަރު

ޖީއެސްޓީ ރަޖިސްޓްރީގެ އާމްދަނީ މިންގަނޑު 1.5 މިލިއަނަށް މަތިކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި

ޖީއެސްޓީއަށް ރަޖިސްޓްރީކުރުން ލާޒިމުވާ އާމްދަނީގެ މިންގަނޑު އެއް މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރާ ގޮތަށް ހިމެނި އިސްލާހާ އެކު ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.

ޖީއެސްޓީ ރަޖިސްޓްރީގެ އާމްދަނީ މިންގަނޑު 1.5 މިލިއަނަށް މަތިކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި

ޖީއެސްޓީއަށް ރަޖިސްޓްރީކުރުން ލާޒިމުވާ އާމްދަނީގެ މިންގަނޑު އެއް މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރާ ގޮތަށް ހިމެނި އިސްލާހާ އެކު ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.

އެ އިސްލާހު ބިލަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުގެ ތާއީދާ އެކު ކޮމިޓީ މެންބަރުންގެ އިއްތިފާގުން އެ ބަދަލުތައް ފާސްކޮށްފައިވެއެވެ. އެއަށް ފަހު ހުރިހާ އިސްލާހަކާ އެކު މުޅި ބިލު ފާސްކުރަން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވުމުން މެންބަރު ނިޒާރު ތާއީދުކުރައްވައި، ކޮމިޓީގެ އިއްތިފާގުން ބިލު ފާސްކޮށްފައިވެއެވެ.

އިސްލާހުގައިވާ ގޮތުން 12 މަސް ދުވަހުގެ ތެރޭގައި ޓެކްސް ނެގޭ ހަރަކާތްތަކުން ލިބޭ ޖުމްލަ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާ ވިޔަފާރިތައް ޖީއެސްޓީއަށް ރަޖިސްޓްރީކުރަން ޖެހޭނެއެވެ. މިހާރު ހިނގަމުންދާ އެއް މިލިއަން ރުފިޔާގެ އުސޫލު ދެމިއޮންނާނީ މި އަހަރުގެ ނިޔަލަށެވެ. އޭގެ އިތުރުން، މިހާރު ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ފާއިތުވި 12 މަހު ނުވަތަ ކުރިއަށް އޮތް 12 މަހު މުދަލާއި ޚިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ ދަށްވާ ނަމަ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި އަހަރުގެ ބަޖެޓް ހުށަހެޅުއްވި އިރު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ރެޖިސްޓަރީކުރާ މިންގަނޑު 1.5 މިލިއަނަށް ބޮޑުކުރައްވާނެ ކަން އިއުލާންކުރައްވައިފައެވެ. ރޭގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އެ ކަން ފާހަގަކުރައްވައި، ޓެކްސްއާ ބެހޭ ބިލުގައި އެ ބައި ވެސް ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދެވުމަށް ނިންމެވި ކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.