މުޅި ރާއްޖެއަށް ހުދު ސަމާލު — ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:30 އިން މެންދުރު 13:30 ގެ ނިޔަލަށެވެ. އެ އިދާރާއިން ބުނީ އެ ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުން އަންނައިރު، ފާއިތުވި 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ހިމަންދޫއަށެވެ. އެއީ 93.5 މިލިމީޓަރުގެ ވާރެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ތިނަދުއަށް ކަމަށް ވާއިރު، އެ ރަށަށް 69.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ކާޑެއްދޫ އެއާޕޯޓަށް 67.5 މިލިމީޓަރުގެ ވާރޭ ރެކޯޑުކޮށްފައިވެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މޫސުން ރަނގަޅުވާން ފަށާނީ މި ހަފްތާގެ ބުދަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް