ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން 41 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ
މާލޭ ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނިއްޖެއެވެ.
މާލޭ ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ޕިކަޕު ތެރޭގައި ހަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 09:17 އެހައިކަންހާއިރު ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް