މައިގަނޑު ބަޔަށް ދާން

ހަބަރު

މަރުގެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި ދަންޖައްސައިގެން އެ އަދަބު ތަންފީޒުކުރުމުގެ އުސޫލުތައް ބަޔާންކުރާ ޚާއްޞަ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަރުގެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި ދަންޖައްސައިގެން އެ އަދަބު ތަންފީޒުކުރުމުގެ އުސޫލުތައް ބަޔާންކުރާ ޚާއްޞަ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤުޞަދަކީ، ޤާނޫނުއަސާސީއާއި ބައިނަލްއަޤުވާމީ އުސޫލުތަކާއި ޢާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ޙައްޤުތަކަށް ރިޢާޔަތްކޮށް، މަރުގެ އަދަބާ ގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ތަޢާރަފުކުރުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައި މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ދައުލަތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތައް ތަފުޞީލުކޮށް ހިމަނައިފައިވެއެވެ. އޭގެ އިތުރުން އަދަބު ތަންފީޒުކުރުން މަނާކުރެވޭ ޙާލަތްތަކާއި ސަބަބުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާ ގޮތުން، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ކުށްވެރިޔާއަށް މުހިންމު ޙައްޤުތަކެއް ކަށަވަރުކޮށްދޭން ޖެހެއެވެ. އެގޮތުން އަދަބު ތަންފީޒުކުރާ ތާރީޚު ކަނޑައެޅި ވަގުތުން ފެށިގެން ކުށްވެރިޔާގެ ޢާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު، ޢާންމު ޤައިދީންނަށް ލިބޭ ފުރުޞަތުތަކަށްވުރެ ލުއިފަސޭހަކޮށް އަދި ގިނަ ވަގުތު ލިބޭ ގޮތަށް ހަމަޖައްސައިދޭން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ލާޒިމުވެއެވެ. ކުށްވެރިޔާ ބޭނުންވެއްޖެ ޙާލަތެއްގައި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނާ ބައްދަލުކުރެވޭނެ ގޮތް ވެސް ހަދައިދޭން ޖެހެއެވެ. އަދި އެންމެ ފަހުގެ ވަޞިއްޔަތް ކުރުމުގެ ފުރުޞަތު، ކުށްވެރިޔާ އިޚްތިޔާރުކުރާ ދުވަހެއްގައި ފޯރުކޮށްދިނުން ވެސް ކަރެކްޝަންސްއަށް ލާޒިމުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނު ބުނާ ގޮތުން ރާއްޖޭގައި މަރުގެ އަދަބު ދެވެނީ ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވާ މީހުންނަށާއި، މީހެއް މެރިކަން ސާބިތުވެފައިވާ މީހެއްގެ ކިބައިން ޤިޞާޞް ހިފުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.