މައިގަނޑު ބަޔަށް ދާން

ހަބަރު

ޝާހިދުގެ ހައްޔަރަކީ ސިޔާސީ ކަމެއް ނޫން - ރައީސް

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި އެ މައްސަލައިގައި ވަރަށް ސީރިއަސް ކަންކަން ހިމެނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދުގެ ހައްޔަރަކީ ސިޔާސީ ކަމެއް ނޫން - ރައީސް

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި އެ މައްސަލައިގައި ވަރަށް ސީރިއަސް ކަންކަން ހިމެނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިދަކީ އެމްޑީޕީގެ ކުރީގެ ރައީސެވެ. ރައީސް މުޢިއްޒު މި ވާހަކަފުޅު ދެއްކެވީ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބާރުގަދަ ފަރާތްތަކުގެ މައްޗަށް ޤާނޫނު ނުހިނގާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ސިޔާސީ އެއްވެސް ފަރާތެއް ސިޔާސީ ބޭނުމެއްގައި ހައްޔަރު ނުކުރާ ކަމަށާއި، ބަދަލުހިފުމުގެ ޢަމަލުތައް ނިމުމަކަށް ގެންނަވާފައިވާ ކަމަށެވެ. މި މައްސަލައަކީ ވަރަށް ޙައްސާސް މައްސަލައެއް ކަމަށާއި، ތުހުމަތުވާ ފަރާތަކީ ކޮންމެ މީހަކަށް ވީ ނަމަވެސް ޤާނޫނުގެ ބާރު ހިނގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޤާނޫނު ތަންފީޒުކުރުމުގައި ޑިއު ޕްރޮސެސް ހިންގުމަށް ދައުލަތުން ފުރުޞަތު ދެއްވާނެ ކަމަށާއި، އެ ކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

"ރޫލް އޮފް ލޯ ތަންފީޒުކުރުން، ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން، މިހެންގޮސް މިހުރިހާކަމެއް އެއީ މިތަނުގައި ޔަޤީންކަން ލިބިފައިވާ ކަންކަންކަމުގައި ވާންޖެހޭނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދުވަހަކު ވެސް ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅުއްވާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.