ވީއައިއޭގެ ސީ-ޓު-އެއާ ކާގޯ ޚިދުމަތުން އޮކްޓޫބަރުގައި 88 ޓަނުގެ މުދާ ބޭރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ދެމުންގެންދާ ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތުގެ ތެރެއިން މިދިޔަ އޮކްޓޫބަރު މަހު 88 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ދެމުންގެންދާ ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތުގެ ތެރެއިން މިދިޔަ އޮކްޓޫބަރު މަހު 88 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސޯޝަލް މީޑިއާގައި ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ މުދާ މައިގަނޑު ގޮތެއްގައި ފޮނުވާފައިވަނީ ޤަތަރު އެއާވޭސް، ސްވިސް، އަދި ޓާކިޝް އެއާލައިންސް މެދުވެރިކޮށް އިޓަލީ، ސްވީޑެން، ތުރުކިޔޭ، އެމެރިކާ އަދި ޕޯލެންޑަށެވެ.
ސީ-ޓު-އެއާ ކާގޯ ޚިދުމަތަކީ ކަނޑުމަގުން ގެންނަ މުދާ އެމްޕީއެލް މެދުވެރިކޮށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޮނުވައިދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 2024 ވަނަ އަހަރުގެ މެއި މަހު ތަޢާރަފުކުރި ޚިދުމަތެކެވެ. މިހާރު މި ޚިދުމަތް ފޯރުކޮށްދެމުންދާ އެއާލައިންތަކުގެ ތެރޭގައި ޤަތަރު އެއާވޭސް އާއި އެމިރޭޓްސްގެ އިތުރުން ބްރިޓިޝް އެއާވޭސް އާއި ވާޖިން އެޓްލާންޓިކް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް