މައިގަނޑު ބަޔަށް ދާން

ހަބަރު

ބިދޭސީއަކު ދިވެހި ފަސް ރުފިޔާގެ ނޫޓެއް އަނގައިން ވީދާލާ ވީޑިއޯއެއް ދައުރުވަނީ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީއަކު ދިވެހި ފަސް ރުފިޔާގެ ނޫޓެއް އަނގައިން ވީދާލާ މަންޒަރު ފެންނަ ޓިކްޓޮކް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ބިދޭސީއަކު ދިވެހި ފަސް ރުފިޔާގެ ނޫޓެއް އަނގައިން ވީދާލާ ވީޑިއޯއެއް ދައުރުވަނީ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީއަކު ދިވެހި ފަސް ރުފިޔާގެ ނޫޓެއް އަނގައިން ވީދާލާ މަންޒަރު ފެންނަ ޓިކްޓޮކް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދުތައް ބުނާ ގޮތުން ގަސްތުގައި ދިވެހި ރުފިޔާގެ ނޫޓަކަށް ގެއްލުން ދިނުމަކީ މަނާ ކަމެކެވެ. ޤާނޫނު ބަޔާންކުރާ ގޮތުގައި، ޢާންމު ބޭނުންކުރުމުގައި ނޫޓަށް ލިބޭ އުނިކަން ފިޔަވައި، ނޫޓުގެ ނަންބަރަށް، އަގު ބަޔާންކުރާ ޢަދަދަށް، ސޮޔަށް، ލިޔުމަކަށް، ކުރެހުމަކަށް ނުވަތަ އަސްލަށް ބަދަލެއް ގެނެސްފައިވާ ނޫޓެއް ބެލެވޭނީ ޣައިރު ޤާނޫނީ ގޮތެއްގައި ޢަމަލުކުރެވިފައިވާ ނޫޓެއްގެ ގޮތުގައެވެ.

ރާއްޖޭގެ ޤާނޫނުތައް ބުނާ ގޮތުން ދިވެހި ފައިސާގެ ނޫޓަކަށް ގެއްލުން ދީފި ނަމަ، ގަސްތުގައި ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުމުގެ ޖިނާއީ ދައުވާ އުފުލިދާނެއެވެ. އޭގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ ދަށުން ދައުލަތުގެ ރަސްމީ ލިޔެކިޔުމަކަށް ގެއްލުން ދިނުމުގެ ކުށުގައި ޖޫރިމަނާ ކުރުމާއި ޖަލަށް ލުމުގެ ފުރުޞަތު ވެސް އޮވެއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އެ މީހާގެ ޢަމަލު ކުށްވެރިކޮށްފައިވީ ނަމަވެސް، މަރުކަޒީ ބޭންކާއި ފުލުހުން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.