ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ޗައިނާ ސަރުކާރުން ހިންގާ 2027-2028 ވަނަ އަހަރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.
ޗައިނާ ސަރުކާރުން ހިންގާ 2027-2028 ވަނަ އަހަރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ޕްރޮގުރާމްތަކަށް ކުރިމަތިލެވޭނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. އަންޑަރގްރެޖުއޭޓް ޕްރޮގުރާމްތަކަށް ހުށަހަޅާ ފަރާތްތަކުން "ޗައިނާ ސްކޮލާރސްޓިކް ކޮމްޕިޓެންސީ އެސެސްމަންޓް" ގެ ނަތީޖާ އެޕްލިކޭޝަނާ އެކު ހުށަހެޅުން ލާޒިމުވެއެވެ.
ސްކޮލަރޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޖެނުއަރީ 2027 ވާ ހުކުރު ދުވަހުގެ ޗައިނާ ގަޑީން 23:59 ގެ ކުރިން ޗައިނީޒް ގަވަރމެންޓް ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ. އެޕްލިކޭޝަން ހުށަހަޅާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރުމަށް ވެސް އެ މިނިސްޓްރީން ބާރުއަޅާފައިވެއެވެ.
ކޯހަށް ހޮވޭ ފަރާތްތަކުން ފުރުމުގެ ކުރިން، ކޯސް ހިންގާ މަރުކަޒަކީ އަދި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ތަނެއް ކަމާއި ކޯހެއްކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގައި ވަކި ލައިސެންސެއް ބޭނުންވާ ދާއިރާތަކުން ކިޔަވާ ފަރާތްތަކުން ކަމާ ގުޅޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްތޯ ޔަގީންކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް