ރަސްމާލެ ހިއްކުމުގެ ޖުމްލަ ޚަރަދު 330 މިލިއަން ޑޮލަރަށް ތިރިވެއްޖެ
މިރޭ ބޭއްވި އަހާ ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރަސްމާލެ ހިއްކުމަށް ޖުމްލަ ޚަރަދުވާނެ ކަމަށް މިހާރު ޔަގީންކުރެވެނީ 330 މިލިއަން ޑޮލަރު ކަމުގައި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސުވާލު ކުރި ފަރާތުން ވަނީ ރަސްމާލެ ހިއްކުމުގެ ޚަރަދާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ތަފާތު އަދަދުތައް ދައުރުވަމުންދާކަން ފާހަގަކޮށް، ހަގީގީ ތަފްސީލް ހޯދުމަށް އެދިފައެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަޝްރޫޢު ފެށި ދުވަސްވަރު، ކުރިން ހިންގާފައިވާ ހިއްކުމުގެ މަޝްރޫޢުތަކުގެ ޚަރަދުތަކަށް ބިނާކޮށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ލަފާކުރެވުނު ކަމަށެވެ. ނަމަވެސް ވީހާ ވެސް ޚަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން، 1،009 ހެކްޓަރުގެ ބިން ހިއްކާ ނިމޭއިރު ޖުމްލަ ޚަރަދު 330 މިލިއަން ޑޮލަރަށް ތިރިވާނެ ކަމަށް ވިދާޅުވެ، އެއީ ވަރަށް ފީޒިބަލް ޢަދަދެއް ކަމަށް ސިފަކުރެއްވިއެވެ.
"ނިސްބަތުން ވަރަށް ކުޑަ އަދަދަކުން ރަސްމާލެ މި ހިއްކެނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން 1،009 ހެކްޓަރުގެ ބިން ހިއްކައި ނިންމުމަކީ އަމާޒެއް ކަމަށާއި، ނަމަވެސް އެ އަމާޒަށް ވާސިލުނުވެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ބިން ހިއްކުމަށް ހަވާލުކުރި ބައެއް ފަރާތްތަކަށް ފައިސާ ދީފައިވަނީ ދިވެހި ރުފިޔާއިން ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް