ޓީޗަރުންނަށް ފިޔަވަޅު އެޅުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާނެ: އެޑިއުކޭޝަން މިނިސްޓަރު
އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީޢު "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން، ސަރުކާރަށް ފާޑުކިޔައިގެން ވެސް ޓީޗަރުންނަށް ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީޢު "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން، ސަރުކާރަށް ފާޑުކިޔައިގެން ވެސް ޓީޗަރުންނަށް ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ފޯރަމްގައި ޓީޗަރަކު ވަނީ މިނިސްޓަރުގެ ވަޒީރުކަމުގައި ޓީޗަރުންނަށް ކޮށްދެވުނީ ކޮން ކަމެއްތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ތަފްސީލީ ޖަވާބެއް ނުދެއްވުނު ނަމަވެސް، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެއްވެސް ޓީޗަރަކާ މެދު ފިޔަވަޅެއް އެޅިފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން، ޓީޗަރުންގެ އަގު ވަޒަންކުރެވޭ އުފާވެރި މާހައުލެއް ޤާއިމުކޮށް، އެއްވެސް ބިރެއް ނުވަތަ ނުފޫޒެއް ނެތި މަސައްކަތްކުރެވޭނެ މާހައުލެއް ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
"މިހާރު ނޯންނާނެ އެއްވެސް ޓީޗަރަކަށް ބިރުވެރިކަމެއް. ހުދު ސަރުކާރަށް ފާޑުކީ ނަމަވެސް. އަޅުގަނޑުމެން މި ގެންގުޅެނީ އޯގާތެރިކަން. ކުލުނުވެރިކަން. ޓީޗަރުންނާ ދޭތެރޭ ބޭއިންސާފުން ކަންކަން ކުރުމުގެ ކަލްޗާ މިހާރު ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރު ނިމުނުއިރު 100 އަށް ވުރެ ގިނަ ޓީޗަރުންނަށް އިންޒާރުދީ ސަސްޕެންޑުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް