Newscast
ހަބަރު

އިންޖިނިއަރުންގެ އެވޯޑަށް ހުށަހެޅުމުގެ ސުންގަޑި އަންނަ ބުރާސްފައްޗަށް ފަސްކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 20 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ހުށަހެޅުމުގެ ސުންގަޑި އަންނަ ބުރާސްފައްޗަށް ފަސްކޮށްފި
މިނިސްޓަރު މުއްތަލިބް... ފޮޓޯ: ރައީސް އޮފީސް

މި މަހުގެ ހަ ވަނަ ދުވަހު ފެށި އެ ފުރުސަތުގެ ސުންގަޑިއަކީ މިއަދު ކަމުގައި ކުރިން ކަނޑައަޅާފައި އޮތެވެ. ނަމަވެސް އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބުނެފައި ވަނީ އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެމުން ގެންދާ އިންޖިނިއަރުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވައިލީ މުއްދަތު މިއަދު ހަމަވާ ގޮތަށް އޮތް ނަމަވެސް އެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

މި މަހުގެ ހަ ވަނަ ދުވަހު ފެށި އެ ފުރުސަތުގެ ސުންގަޑިއަކީ މިއަދު ކަމުގައި ކުރިން ކަނޑައަޅާފައި އޮތެވެ. ނަމަވެސް އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބުނެފައި ވަނީ އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.

ސަރުކާރުގެ އިދާރާތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިތުރުން އިންޖިނިއަރިން ދާއިރާގައި ހަރަކާތްތެރިވާ އެކި ފާމުތަކާއި ކޮންޓްރެކްޓަރުންނާއި ކޮންސަލްޓެންޓުންނަށް ވެސް ކުރިމަތިލެވޭނެއެވެ. ހަމައެހެންމެ މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތަކާއި ތަޢުލީމީ އަދި ދިރާސާ ކުރާ ޓީމުތަކަށް ވެސް މި ފުރުސަތު ހުޅުވައިލާފައިވެއެވެ.

ހުށަހެޅުންތައް ބަލައިގަންނަނީ އެ ވުޒާރާގެ ވެބް ޕޯޓަލް މެދުވެރިކޮށެވެ. އެ އެވޯޑު ޖުމްލަ 10 ދާއިރާއަކުން ދިނުމަށް އުސޫލުގައި ހަމަޖައްސާފައިވެއެވެ.

ރާއްޖޭގައި އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވީ މިދިޔަ އަހަރުގެ ޖޫން 15 ގައެވެ. ދިވެހި އިންޖިނިއަރުން ޤައުމަށް ކޮށްދޭ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަހަކީ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ދުންފަތާ ދެކޮޅު ކެމްޕެއިނުގެ ޕްލޭން އެކުލަވައިލުމަށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްފި
ހަބަރު 20 Aug 2026

ދުންފަތާ ދެކޮޅު ކެމްޕެއިނުގެ ޕްލޭން އެކުލަވައިލުމަށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްފި

އެ ބައްދަލުވުން ފައްޓަވައިދެއްވައި ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ދުންފަތާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާ ކޮންމެ ލަނޑުދަނޑިއެއް ބިނާވަނީ ފުޅާ ދާއިރާއެއްގައި ފަންނީ ދިރާސާކޮށް ސާބިތު ހެއްކަށް ބެލުމަށް ފަހު ނަތީޖާ ނެރެވޭނެ ގޮތަށް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ ވަބާއާ ދެކޮޅަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް މި ސަރުކާރުން އިސްކަންދީ މުހިންމު ނިންމުންތައް ތަންފީޒުކުރަމުން އަންނަ ކަމަށެވެ.

އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ވެލްފެއާ ވުޒާރާއަށް ހުށަހަޅައިފި
ހަބަރު 20 Aug 2026

އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ވެލްފެއާ ވުޒާރާއަށް ހުށަހަޅައިފި

އެ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީ މަސްތަކެކޭ އެއްފަދައިން މިދިޔަ މަހު ވެސް އެންމެ ގިނައީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 88 މައްސަލައެއް ހުށަހެޅި އިރު އެ ބައިގައި އެންމެ ފާހަގަކޮށްލެވެނީ އިހުމާލުގެ 22 މައްސަލައެވެ. އެ 22 މައްސަލައިގައި ހިމެނެނީ ހަ ފިރިހެން ކުއްޖަކާއި 16 އަންހެން ކުއްޖެކެވެ. ކުޑަކުދިންނާ ބެހޭ ބައިގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެ ބާވަތުގެ 17 މައްސަލައެއް ހުށަހެޅި އިރު ތިން ފިރިހެން ކުއްޖަކާ ގުޅުން ހުރި މައްސަލައާއި 14 އަންހެން ކުއްޖަކާ ގުޅުން ހުރި މައްސަލަ ހިމެނެއެވެ.

ހަފުތާ ބަންދުގައި ކެރީގެ އަސަރު ފޯރިޔަސް ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފި
ހަބަރު 20 Aug 2026

ހަފުތާ ބަންދުގައި ކެރީގެ އަސަރު ފޯރިޔަސް ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފި

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ޚާއްޞަކޮށް މެދުތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކޮށްފާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ޔަޒްމީދު މުޙައްމަދު ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރައްވައިފި
ހަބަރު 20 Aug 2026

ޔަޒްމީދު މުޙައްމަދު ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރައްވައިފި

އެ އޮފީހުން ހާމަކުރި ގޮތުގައި އަންނަ އާދީއްތަ ދުވަހު ޔަޒްމީދު މަޤާމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ވިޔަފާރީގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޔަޒްމީދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމާއި އޮޑިޓް އޮފީހުގެ މެނޭޖަރުކަން ވެސް އަދާކުރައްވައިފައެވެ.

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ނިކުންނަނީ
ހަބަރު 20 Aug 2026

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ނިކުންނަނީ

"ރީތިންކް މާލެ" އާބަން ސްޓެރެޓެޖީ އާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭނުގެ އޮނިގަނޑާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ބައްދަލުކުރާނީ ގަލޮޅުގެ ރައްޔިތުންނާ ކަމަށާއި އެ ބައްދަލުވުން ބާއްވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ގަލޮޅު މަދަރުސާގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ވިލިމާލޭގެ ރައްޔިތުންނަށް ވެސް އެ ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.

އެމްޓީސީސީ މުވައްޒަފުންގެ ފްލެޓް މަޝްރޫޢަށް ހުޅުމާލެ ދޭކުން ބިން ހަމަޖައްސައިފި
ހަބަރު 20 Aug 2026

އެމްޓީސީސީ މުވައްޒަފުންގެ ފްލެޓް މަޝްރޫޢަށް ހުޅުމާލެ ދޭކުން ބިން ހަމަޖައްސައިފި

ކުރިން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ އެ މަޝްރޫޢު ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން އެމްޓީސީސީން މިހާރު ތައްޔާރުވަމުން ދަނީ މުޅިން އާ މަޝްރޫޢެއް ފެށުމަށެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( މެދުވެރިކޮށް ގަންނަ އެ ބިމާ ގުޅޭ އިދާރީ ކަންތައް ހަމަޖެއްސުމަށް ސައުދީ ހިމެނިވަޑައިގަންނަވާ އިސްވެރީންގެ ޓީމެއް އިއްޔެ ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާ ބައްދަލުކުރައްވައިފައެވެ.