ވަތަނީ ޚިދުމަތް ފުރިހަމަކުރި ޒުވާނުންނަށް ކަސްޓަމްސްގެ 26 މަޤާމަކަށް ހުޅުވާލައިފި
މި ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ކަސްޓަމްސްގެ އިއުލާނުގައިވާ ގޮތުން ނޭޝަނަލް ސަރވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ޤައުމީ ޕްރޮގްރާމެއް ނިންމައި ސެޓްފިކެޓް ހޯދާފައިވާ ފަރާތްތަކަށް ކުރިމަތިލެވޭނެއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ޒުވާނުންނަށް ވެސް ފުރުޞަތު ލިބޭ ގޮތަށް ކަސްޓަމްސްގެ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް އޮފިސަރ ޓްރެއިނީ ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ.
މި ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ކަސްޓަމްސްގެ އިއުލާނުގައިވާ ގޮތުން ނޭޝަނަލް ސަރވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ޤައުމީ ޕްރޮގްރާމެއް ނިންމައި ސެޓްފިކެޓް ހޯދާފައިވާ ފަރާތްތަކަށް ކުރިމަތިލެވޭނެއެވެ.
ޝަރުތުތަކުގެ ތެރޭގައި ކަސްޓަމްސާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށް ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ހިމެނެއެވެ. ހަމައެހެންމެ ސާނަވީ ނުވަތަ އެ ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައި ދިވެހިން ސީ ފާސް ލިބިފައިވާ ފަރާތްތަކަށް ވެސް ޝަރުތު ފުރިހަމަވާނެއެވެ.
މި މަޤާމުގެ އަސާސީ މުސާރައަކީ 5,000 ރުފިޔާއެވެ. އޭގެ އިތުރުން 4,660 ރުފިޔާގެ އެލަވަންސަކާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާއާއި ކޮއްތު ފައިސާއާއި އިތުރު ގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާއާ އެކު މަހެއްގެ ޖުމްލަ އާމްދަނީ 11,000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ކަސްޓަމްސްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުން ހިންގާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި މިހާތަނަށް ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީން ފުރިހަމަކޮށްފައިވާ އިރު އެ ކުދިންގެ ތެރެއިން ބައެއް ޒުވާނުންނަށް އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރުގެ އެހެން އިދާރާތަކުން ވެސް ވަޒީފާ ހަމަޖައްސައިދީފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް