ޖަލަށް ފޯނު ވައްދާ ސިމްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ކެބިނެޓުން ނިންމައިފި
ރައީސް އޮފީހާ ޙަވާލާދީ ބުނެފައިވާ ގޮތުގައި އެ ނިންމުމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް ބިދޭސީ މަސައްކަތްތެރިންނަށް އެއް ސިމް ކާޑަށް ވުރެ ގިނައިން ނުވިއްކުމަށް ވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.
ޖަލުތެރެއަށް ވައްދާ ފޯނުތަކުގައި ބޭނުންކުރާ ސިމް ކާޑުތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާ މެދު ޤާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ އާދީއްތަ ދުވަހު ނިންމައިފިއެވެ.
ރައީސް އޮފީހާ ޙަވާލާދީ ބުނެފައިވާ ގޮތުގައި އެ ނިންމުމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް ބިދޭސީ މަސައްކަތްތެރިންނަށް އެއް ސިމް ކާޑަށް ވުރެ ގިނައިން ނުވިއްކުމަށް ވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.
ދޫކޮށްފައިވާ ސިމް ގެއްލޭ ނުވަތަ ހަލާކުވެއްޖެ ނަމަ ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށްފަހު ވަކި މަރުޙަލާތަކެއް ފުރިހަމަ ކޮށްގެން ނޫނީ ބަދަލުގައި ސިމެއް ދޫނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމައިފައިވެއެވެ.
ގައިދީން ޖަލު ތެރެއިން ފޯނު ކޮށްގެން މީހުންނަށް އޮޅުވާލައި ފައިސާ ފޭރެމުން ގެންދާކަން ކުރިން ހިންގި ތަޙުޤީޤުތަކުން ހާމަވެފައިވާ އިރު މި ބާވަތުގެ ސްކޭމްތައް ހުއްޓުވުމަށް އެކި ފެންވަރުގައި މީގެ ކުރިން ވެސް މަސައްކަތް ކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖަލުން ހިންގި ސްކޭމްތައް ހިމެނޭ ހެން ރާއްޖޭގައި ހިންގި އެކިއެކި ސްކޭމްތަކުގައި 35 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ. ފުލުހުން މިދިޔަ އަހަރުގެ މާރިޗު މަހު ޤާއިމުކުރި އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 13 މިލިއަން ރުފިޔާ މިހާތަނަށް އަނބުރާ ހޯދިފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް