ގްލޯބަލް ދުކާންއިން ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފި
އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާން މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހިންނަށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.
އަހުމަދު އާހިލް ސައީދު
އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާން މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހިންނަށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.
މި ޚިދުމަތް ބޭނުންކުރުމަށް ކަސްޓަމަރުން ޗެކްއައުޓް މަރުހަލާގައި "ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް" އިޚުތިޔާރުކުރުމުން، ދެވިފައިވާ އިރުޝާދާ އެއްގޮތަށް ފައިސާ ދެއްކުން ފުރިހަމަކުރެވޭނެ ކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ގްލޯބަލް ދުކާން އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށް ޕޭމަންޓް ލިންކެއް ލިބޭނެއެވެ. ކުރިން މި ޕްލެޓްފޯމުން ވިޔަފާރިކުރެވެނީ ބޭރު ފައިސާ ބޭނުންކުރާ ބައިނަލްއަޤުވާމީ ޕޭމަންޓް ގޮތްތައް މެދުވެރިކޮށް އެކަނި ކަމަށާއި، މި ބަދަލާ އެކު ދިވެހި ރުފިޔާއިން ސީދާ ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ގްލޯބަލް ދުކާންގައި އެމެޒަން، ފްލިޕްކާޓް، މިންތްރާ، ނައިކާ، ނައިކާ ފެޝަން އަދި އިކިއާ ފަދަ މަޝްހޫރު ޕްލެޓްފޯމްތައް ހިމެނޭ އިރު، ފެޝަނާއި ލައިފްސްޓައިލް ސާމާނާއި އިލެކްޓްރޯނިކް ތަކެއްޗާއި ގެއާއި ބަދިގެއަށް ބޭނުންވާ ސާމާނު ހިމެނޭ ގޮތުން ތަފާތު ބާވަތުގެ ތަކެތި ގަނެވޭނެއެވެ. މި ޚިދުމަތް ބޭނުންކުރުމަށް އިންޑިއާގެ އެޑްރެހެއް ބޭނުންނުވާ އިރު، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ތަކެތި ޑެލިވަރީ ކޮށްދެއެވެ.
ޕޯސްޓް އޮފީހުން ފާހަގަކުރާ ގޮތުގައި މި ބަދަލަކީ ދިވެހިންނަށް އޮންލައިންކޮށް ވިޔަފާރިކުރުމާއި ބައިނަލްއަޤުވާމީ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުސަތު އިތުރަށް ފުޅާކުރެވުނު ކުރިއެރުމެކެވެ. ގްލޯބަލް ދުކާން ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ ޕްލެޓްފޯމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް