މައިގަނޑު ބަޔަށް ދާން

ހަބަރު

ފޯޅަވަހި ކޮމިޝަންގެ ރައީސްކަމަށް ޑރ. މުޙުސިން، ދެ މެންބަރަކު ވަކިކޮށްފި

ރާއްޖެއާއި ފޯޅަވައްސާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައި، ކޮމިޝަންގެ ރައީސްކަމަށް ޑރ. ޢަބްދުލްމުޙުސިން މުޙައްމަދު ޢައްޔަންކޮށްފިއެވެ.

ފޯޅަވަހި ކޮމިޝަންގެ ރައީސްކަމަށް ޑރ. މުޙުސިން، ދެ މެންބަރަކު ވަކިކޮށްފި

ރާއްޖެއާއި ފޯޅަވައްސާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައި، ކޮމިޝަންގެ ރައީސްކަމަށް ޑރ. ޢަބްދުލްމުޙުސިން މުޙައްމަދު ޢައްޔަންކޮށްފިއެވެ.

މީގެ ކުރިން ކޮމިޝަންގެ ރައީސަކަށް ހުންނެވި އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) ވަނީ އެ މަޤާމުން ވަކިކުރައްވައިފައެވެ. އޭގެ އިތުރުން ޢަބްދުލްޢަޒީޒް ޔޫސުފް ވެސް ކޮމިޝަނުން ވަކިކުރައްވައިފައެވެ. މިހާރު ކޮމިޝަންގައި ޑރ. ޢަބްދުލްމުޙުސިންގެ އިތުރުން ޑރ. އާމިނަތު ޝާފިޔާ އާދަމާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤާއި، އަޙްމަދު ޢަލީމަނިކާއި، ފާޠިމަތު މިންހަތު ޢިއްޒަތާއި، ޢާއިޝަތު ފަޒްނާ އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އުފެއްދެވި މި ކޮމިޝަންގެ މެންޑޭޓުގައި ހިމެނެނީ އިޓްލޮސް ކޭސް ނަންބަރު 28 ގައި ރާއްޖެއިން ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތައް ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމެވެ. އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހުށަހެޅުމާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ރައްކާކުރެވިފައިވާ ގޮތް ބެލުން ވެސް ކޮމިޝަންގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ، ބައިނަލްއަޤުވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލިފައިވަނީ އޭރު ރާއްޖެއިން ޢަމަލުކުރި ގޮތުން ކަމަށެވެ. އެ ގެއްލުމަކީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮމިޝަނަށް މަތިކޮށްފައިވާ ހުރިހާ މަސައްކަތެއް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ކޮމިޝަން ދެމިއޮންނާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.