އެމްޕީއެލް ޓަވަރެއްގެ ބިއްލޫރިތައް ތަޅާލި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލެ ފޭސް ދޭކުގައި ހުންނަ އެމްޕީއެލް ޓަވަރެއްގައި މަސްތުގެ ހާލަތުގައި ތިބެ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދިން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހުޅުމާލެ ފޭސް ދޭކުގައި ހުންނަ އެމްޕީއެލް ޓަވަރެއްގައި މަސްތުގެ ހާލަތުގައި ތިބެ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދިން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ނިވާކަން ކުޑަ ހެދުމެއްގައި މަސްތުވެ ތިބެ އެ ދެ މީހުން އަޑުގަދަކޮށް ހަމަނުޖެހުން ހިންގި މައްސަލަ ނޮވެމްބަރު ނުވަ ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުން ވަނީ އެ ޓަވަރުގެ މައި ދޮރުގެ ބިއްލޫރިގަނޑު ވެސް ތަޅާލައި ތަނަށް ގެއްލުންދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް