މައިގަނޑު ބަޔަށް ދާން

ދުނިޔެ

އަޒަރުބައިޖާންގެ ޕްރައިވެޓް ސްކޫލްތަކުގައި ވެސް ބުރުގާ މަނާކޮށް، ނަގަން 20 ދުވަސް ދީފި

އަޒަރުބައިޖާންގެ ސަރުކާރު ސްކޫލްތަކުގެ އިތުރުން އަމިއްލަ ސްކޫލްތަކުގައި ވެސް ބުރުގާ އެޅުން މަނާކޮށް، ވެރިރަށް ބާކޫގެ އަމިއްލަ ސްކޫލްތަކުން ދަރިވަރުންގެ ބުރުގާ ނެގުމަށް ބެލެނިވެރިންނަށް 20 ދުވަހުގެ މުހުލަތެއް ދީފިއެވެ.

އަޒަރުބައިޖާންގެ ޕްރައިވެޓް ސްކޫލްތަކުގައި ވެސް ބުރުގާ މަނާކޮށް، ނަގަން 20 ދުވަސް ދީފި

އަޒަރުބައިޖާންގެ ސަރުކާރު ސްކޫލްތަކުގެ އިތުރުން އަމިއްލަ ސްކޫލްތަކުގައި ވެސް ބުރުގާ އެޅުން މަނާކޮށް، ވެރިރަށް ބާކޫގެ އަމިއްލަ ސްކޫލްތަކުން ދަރިވަރުންގެ ބުރުގާ ނެގުމަށް ބެލެނިވެރިންނަށް 20 ދުވަހުގެ މުހުލަތެއް ދީފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ނޮވެމްބަރު ތިން ވަނަ ދުވަހު ބާކޫގެ ބައެއް އަމިއްލަ ސްކޫލްތަކުގެ މެނޭޖްމަންޓުން ބެލެނިވެރިން ސްކޫލަށް ހާޒިރުކޮށް، ދަރިވަރުންގެ ބުރުގާ ނެގުމަށް އަންގާފައިވެއެވެ. އެ 20 ދުވަހުގެ ތެރޭގައި ބުރުގާ ނުނަގައިފި ނަމަ ދަރިވަރުންނަށް ސްކޫލަށް ހާޒިރު ނުވެވޭނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.

ބާކޫގެ މަޝްހޫރު އަމިއްލަ ސްކޫލްތައް ކަމަށްވާ ހެދެފް، އަތާތުރްކް އަދި ސިމުރްގް ފަދަ ސްކޫލްތަކުން ބުރުގާ އަޅާ އަންހެން ކުދިން އަލަށް ވެއްދުން މުޅިން ހުއްޓާލާފައިވެއެވެ. އެހެން ބައެއް އަމިއްލަ ތަޢުލީމީ މަރުކަޒުތަކުން ވަނީ މިނިސްޓްރީ އޮފް ސައިންސް އެންޑް އެޑިއުކޭޝަންގެ ރަސްމީ އިރުޝާދެއް ލިބެންދެން އާ ދަރިވަރުން ވެއްދުން ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

އަމިއްލަ ސްކޫލްތަކަށް މި ފިޔަވަޅު ފުޅާކޮށްފައި ވަނީ އަޒަރުބައިޖާންގެ ކެބިނެޓް އޮފް މިނިސްޓަރުން ސެޕްޓެމްބަރު 21 ގައި ފާސްކުރި ޤަރާރެއްގެ ދަށުންނެވެ. އެ ޤަރާރުން ސަރުކާރު ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރިއިރު، އެ ނިންމުމާ ދެކޮޅަށް ކްލާސްތައް ބޮއިކޮޓްކުރުމާއި މަގުމަތީ މުޒާހަރާތައް ހިންގައި، އެތައް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. މުސްލިމް އަޣުލަބިއްޔަތު އޮންނަ އަޒަރުބައިޖާންގައި އިސްލާމީ ޝިޢާރުތަކާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.