އޭއައިގެ ޤާބިލުކަން ހުރި ޓީޗަރުންގެ ފައުޖެއް އަވަހަށް ބިނާކުރެވޭނެ: އެޑިއުކޭޝަން މިނިސްޓަރު
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހުނަރު ލިބިފައިވާ ޓީޗަރުންގެ ފައުޖެއް ރާއްޖޭގައި ވަރަށް އަވަހަށް އުފެއްދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހުނަރު ލިބިފައިވާ ޓީޗަރުންގެ ފައުޖެއް ރާއްޖޭގައި ވަރަށް އަވަހަށް އުފެއްދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގައި ޓީޗަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އޭއައި މެދުވެރިކޮށް ކިޔަވައިދިނުމާ ގުޅޭ ތަމްރީނު މިހާރު ވެސް ޓީޗަރުންނަށް ފޯރުކޮށްދެމުން ގެންދަވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ ޤާބިލުކަން ލިބިފައިވާ ޓީޗަރުންގެ ފައުޖެއް ބިނާކުރެއްވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އެ މަޝްރޫޢާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް މިދިޔަ މަހު ވާހަކަފުޅު ދައްކަވައި، ކޮމްޕިއުޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޓީޗަރުންނަށް ކޮމްޕިއުޓަރު ފޯރުކޮށްދެއްވުމަށް ނިންމެވީ ކިޔަވައިދިނުމުގެ މާޙައުލު ފަސޭހަކޮށް، މަސައްކަތުގެ ބުރަ ލުއިކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޓީޗަރުންނަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އަޅުގަނޑު ގަބޫލުކުރަން ކޮންމެ ޓީޗަރަކަށް ރާއްޖޭގެ ސްކޫލުތަކުގައި ކޮމްޕިއުޓަރު ގާއިމް ކުރެވިފައެއް ނުހުރޭ. އެހެން ދާއިރާތަކާ ހިލާފަށް އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވިފައި އޮތް ކަމެއް އެއީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ދެއްވި ޔަޤީންކަމަކީ، ކޮންމެ ސްކޫލެއްގައި ކޮންމެ ޓީޗަރަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެއްވުމުގެ މަސައްކަތް މި އަހަރު ނިމުމާ އެކު ފެށިގެން ކުރިއަށް ގެންދަވާނެ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް