މައިގަނޑު ބަޔަށް ދާން

ހަބަރު

އާޓިފިޝަލް ބީޗުގައި ގާބުރިއެއް ހިފައިގެން ބިރުވެރިކަން އުފެއްދި އަންހެނަކު ބަންދަށް 15 ދުވަސް

ބޮޑުތަކުރުފާނުމަގު އާޓިފިޝަލް ބީޗް ސަރަހައްދުގައި ގާބުރިއެއް ހިފައިގެން ހަޅޭއްލަވައި، ކުޑަކުދިންނާއި ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދި ކަމުގެ ތުހުމަތުގައި 35 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ފެނޭބާ، ޢާއިޝަތު ޝާމުނާއެވެ. ކްރިމިނަލް ކޯޓުން 9 ނޮވެމްބަރުގައި ނެރުނު ބަންދު އަމުރުގައި އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ 24 އޮކްޓޫބަރު 2026 ގައި ކަމަށް ފުލުހުން ބުނެއެވެ. ޝާމުނާ ވަނީ ކުޑަކުދިންނާއި ޢާންމުން ތިބި ތަނެއްގައި ހުތުރު ބަހުރުވައިން މުޢާމަލާތްކޮށް، ޢާންމު މަސްލަޙަތަށް ގެއްލުން ހުރި ޢަމަލުތަކެއް ހިންގާފައި ކަމަށް ތުހުމަތުކުރެވެއެވެ.

ޝާމުނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ޢާންމު މަސްލަޙަތަށް ގެއްލުން ހުރި ޢަމަލު ކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.