މައިގަނޑު ބަޔަށް ދާން

ހަބަރު

އޭއީއެޗުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭނުންވާ މައިކްރޯޕިޕެޓް ޓިޕްތަކެއް ބާޒާރުގައި ލިބެން ހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދި މައްސަލައިގައި އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސ

އޭއީއެޗުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭނުންވާ މައިކްރޯޕިޕެޓް ޓިޕްތަކެއް ބާޒާރުގައި ލިބެން ހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދި މައްސަލައިގައި އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމީ އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެ ހުރި ފަރާތާއި، އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ. އެ ހަތަރު ފަރާތަކީ ޕްރޮކިއުމަންޓް އޮފިސަރު މުޙައްމަދު ޞާއިން އަޙްމަދާއި، ބިޑު ކޮމިޓީގެ ޗެއާޕާސަން ޢަޡީމް ލަޠީފާއި، ބިޑު ކޮމިޓީގެ މެންބަރު ޢަބްދުﷲ ވަޙީދާއި، ބިޑު ކޮމިޓީގެ މެންބަރު ޑރ. ފާތިމަތު އަމާނީ ނަސީރެވެ.

މި މައްސަލަ ފެންމަތިވީ އޭއީއެޗާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސް ދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް 2025 ވަނަ އަހަރު ކުރި އިޢުލާނަކާ ގުޅިގެންނެވެ. އެ އިޢުލާނުގައި ހިމެނޭ 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް ބީލަން ހުށަހެޅީ އެންމެ ފަރާތަކުންނެވެ. އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއް ނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެ ތަކެތި ހޯދާފައިވާ ކަމަށް އޭސީސީގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ.

މި ހަތަރު ފަރާތުގެ މައްޗަށް ކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި، އެ ޤާނޫނުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން، ދައުލަތަށް ގެއްލުންވި ފައިސާގެ ޢަދަދު ހިސާބުކޮށް، އެ މުވައްޒަފުންގެ އިދާރީ މައްސަލަ ބެލުމަށް ފަހު އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގުމަށް ވެސް އޭސީސީން ނިންމާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.