ޙަސީނާ އެނބުރި ވަޑައިގެންނެވިޔަސް މަރުގެ ޙުކުމް ތަންފީޒުކުރާނެ: ބަންގްލަދޭޝް ޕްރޮސެކިއުޓަރު
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެ ޤައުމަށް އެނބުރި ވަޑައިގެންނެވިޔަސް މަރުގެ ޙުކުމް ތަންފީޒުކުރުން ނޫން ގޮތެއް ނެތް ކަމަށް ބައިނަލްއަޤުވާމީ ކުށުގެ ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރު މިއަދު ބުނެފިއެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެ ޤައުމަށް އެނބުރި ވަޑައިގެންނެވިޔަސް މަރުގެ ޙުކުމް ތަންފީޒުކުރުން ނޫން ގޮތެއް ނެތް ކަމަށް ބައިނަލްއަޤުވާމީ ކުށުގެ ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރު މިއަދު ބުނެފިއެވެ.
ޗީފް ޕްރޮސެކިއުޓަރު މުޙައްމަދު އަމީނުލް އިސްލާމް މި ވާހަކަ ދެއްކީ، ޙަސީނާ އިންޑިއާއިން ބަންގްލަދޭޝަށް އެނބުރި ވަޑައިގެންނެވުމަށް ރާއްވަވަމުން ގެންދަވާ ކަމުގެ ޚަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ބޮޑު އިޙްތިޖާޖަކާ ގުޅިގެން ވެރިކަމުން ވެއްޓިވަޑައިގެން އިންޑިއާއަށް ވަޑައިގެންނެވި ޙަސީނާގެ މައްޗަށް، މުޒާހަރާ ކުރި ފަރާތްތަކާ ދެކޮޅަށް ހިންގި ކަމަށް ބުނާ ޖަރީމާތަކާ ގުޅިގެން، އެ ޓްރައިބިއުނަލުން ވަނީ އިންސާނިއްޔަތާ ދެކޮޅު ކުށުގެ މަރުގެ ޙުކުމް އިއްވައިފައެވެ.
"ޝައިޚް ޙަސީނާ ޙަޤީޤަތުގައި ބަންގްލަދޭޝަށް އެނބުރި ދާން ބޭނުންނަމަ، ޝަރީޢަތް ހިނގަމުން ދިޔައިރު އައިސް މައްސަލައާ ކުރިމަތިލީހެވެ. ޙުކުމް ޝާއިޢުކުރި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިސްތިޢުނާފުވެސް ހުށަހެޅީހެވެ،" ކަމަށް އަމީނުލް އިސްލާމް ބުނެފައިވެއެވެ. އޭނާ ބުނީ، 1973 ގެ ބަންގްލަދޭޝް ޕާސްޕޯޓް އޯޑަރުގެ ހަ ވަނަ އަދި ހަތް ވަނަ މާއްދާގެ ދަށުން، އަޚްލާޤީ ބޮޑެތި ކުށްތަކުގައި ދެ އަހަރު ނުވަތަ އެއަށްވުރެ ދިގު ޙުކުމެއް ތަންފީޒުކުރާ ފަރާތްތަކަށް ޕާސްޕޯޓް ދޫކުރުން މަނާކޮށްފައިވާ ކަމަށެވެ.
ޙަސީނާ ހޯމަ ދުވަހު ނިއު ދެއްލީގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނަށް، ލަންޑަނުގެ މެޓްރިކްސް ޗޭމްބާޒްގެ ޤާނޫނީ ވަކީލުން މެދުވެރިކޮށް، އައު ޕާސްޕޯޓާއި ނެޝަނަލް އައިޑެންޓިޓީ ކާޑެއް ހެއްދެވުމަށް ސިޓީއެއް ހުށަހަޅުއްވައިފައިވެއެވެ. ކުރީ ސަރުކާރުން ޕާސްޕޯޓާއި އައިޑީ ކާޑު ބާޠިލުކުރި ކަމަށް ބެލެވޭ ޚަބަރުތަކާ ގުޅިގެން ފޮނުއްވި މި ސިޓީ، ގަޑީރުތަކެއް ތެރޭ ބަންގްލަދޭޝް ސަރުކާރުން ވަނީ ބޭރުކޮށްލައިފައެވެ. ޚާރިޖީ ކަންކަމާ ބެހޭ ސްޓޭޓް މިނިސްޓަރު ހުމާއިއޫން ކޮބީރު ބުނީ ޙަސީނާ ފޮނުވައިލެވޭނީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކްސްޓްރެޑިޝަން މުޢާހަދާގެ ދަށުން ކަމަށެވެ. "ޓެރަރިސްޓުންނަށް ބަންގްލަދޭޝުން ޕާސްޕޯޓެއް ނުދެއެވެ. ބަންގްލަދޭޝުން އެދެނީ އެ މީހުން ބައްދައިދިނުމެވެ،" ކަމަށް ކޮބީރު ބުންޏެވެ.
ޙަސީނާ ކުރިން ބުނެފައިވަނީ ހައްޔަރުކޮށް ނުވަތަ މަރާލައިފާނެ ކަމުގެ ބިރަށް ފަސްނުޖެހި ޑިސެމްބަރުގައި އެނބުރި ވަޑައިގެންނެވުމަށް ގަސްދުކުރައްވާ ކަމަށެވެ. އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުން ޙަސީނާ އިންޑިއާއަށް ވަޑައިގެންނެވި ފަހުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، 2026 ވަނަ އަހަރުގެ ފެބްރުއަރީ އިންތިޚާބަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ތާރިގް ރަހުމާން، ނިއު ދެއްލީގައި ބޭއްވި ބްރިކްސް ސަމިޓް ފަދަ ސަރަޙައްދީ ބޮޑެތި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް