މައިގަނޑު ބަޔަށް ދާން

ހަބަރު

ކިނބިދޫ ގޮނޑުދޮށުން ވެލި ނެގުން ހުއްޓައިލުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފި

ކޮޅުމަޑުލު ކިނބިދޫ އަދި ކުޑަދޫ ސަރަޙައްދުގެ ގޮނޑުދޮށުން ދޮންވެލި ނަގަމުންދާ މައްސަލަ ބޮޑުވެ، އެކަން ހުއްޓައިލުމަށް ކިނބިދޫ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

ކިނބިދޫ ގޮނޑުދޮށުން ވެލި ނެގުން ހުއްޓައިލުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފި

ކޮޅުމަޑުލު ކިނބިދޫ އަދި ކުޑަދޫ ސަރަޙައްދުގެ ގޮނޑުދޮށުން ދޮންވެލި ނަގަމުންދާ މައްސަލަ ބޮޑުވެ، އެކަން ހުއްޓައިލުމަށް ކިނބިދޫ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ. ރަށުގެ ހޭޅިފަށުން ފެށިގެން 200 މީޓަރުގެ ފަޅުތެރޭ ސަރަޙައްދުން ވެލި ނެގުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ވެސް އެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

ވެލި ނެގުމުގެ ސަބަބުން ގޮނޑުދޮށް ގިރުމާއި ރަށުގެ ޤުދުރަތީ ރީތިކަމަށް ގެއްލުންވަމުންދާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. މި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ކައުންސިލުން ވަނީ ދީފައެވެ.

ރާއްޖޭގެ އެކި ރަށްތަކުގެ ގޮނޑުދޮށުން ބައެއް ފަރާތްތަކުން ވެލި ނަގައި ވިއްކައިގެން ވިޔަފާރިކުރަމުންދާ މައްސަލައަކީ ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.