ދިގު ހަފްތާ ބަންދާ ދިމާކޮށް ހުޅުމާލޭގައި ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް ބާއްވަނީ
ޖުމްހޫރީ ދުވަހުގެ ބަންދާ ގުޅިގެން ލިބޭ ހަތަރު ދުވަހުގެ ދިގު ޗުއްޓީގައި ހުޅުމާލޭގައި ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް ހިމެނޭ ގޮތަށް ގިނަ ހަރަކާތްތަކެއް ބާއްވާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
ޖުމްހޫރީ ދުވަހުގެ ބަންދާ ގުޅިގެން ލިބޭ ހަތަރު ދުވަހުގެ ދިގު ޗުއްޓީގައި ހުޅުމާލޭގައި ކެޑޭޓް ޕެރޭޑަކާއި ކާނިވަލެއް ހިމެނޭ ގޮތަށް ގިނަ ހަރަކާތްތަކެއް ބާއްވާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
ނޮވެމްބަރު 11 ވާ ބުދަ ދުވަހަކީ ޖުމްހޫރީ ދުވަހުގެ ބަންދު ދުވަހެއް ކަމަށް ވާއިރު، 12 ވާ ބުރާސްފަތި ދުވަސް ވެސް ސަރުކާރުން ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފައެވެ. އެހެންކަމުން ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބެއެވެ.
މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) އިން އިންތިޒާމުކުރާ ކެޑޭޓް ޕެރޭޑެވެ. މާލެ ސަރަޙައްދުގެ 16 ސްކޫލަކުން ގިނަ އަދަދެއްގެ ކެޑޭޓުން ބައިވެރިވާ މި ޕެރޭޑް ނޮވެމްބަރު 11 ވާ ބުދަ ދުވަހުގެ ހަވީރު ހުޅުމާލެ ފޭސް 1 ގެ ހުރަވީ ސްކޫލް ސަރަހައްދުން ފެށިގެން ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށްދާނެއެވެ.
ދެ ވަނަ ހަރަކާތެއްގެ ގޮތުގައި ބީއެމްއެލުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކާނިވަލެއް ބާއްވައެވެ. ނޮވެމްބަރު 11 އިން 13 އަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ކުރިއަށްދާ މި ކާނިވަލުގައި ތަފާތު ފުޑް ސްޓޯލްތަކާއި ލައިވް މިއުޒިކް ހިމެނޭ އިރު، ބީއެމްއެލްގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ވެސް ލިބެން ހުންނާނެއެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުޅުމާލެ އާއި މާލެ ސަރަހައްދުގެ ރައްޔިތުންނަށް އެޗްޑީސީން ވަނީ ދައުވަތު ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް