ތެލަސީމިއާ ކެރިއަރުންނަށް ޑިޖިޓަލް ކާޑެއް ތައާރަފުކޮށްފި
ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ޑިޖިޓަލް ކާޑެއް މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށް ރަސްމީކޮށް ދޫކުރަން ފަށައިފިއެވެ.
ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ޑިޖިޓަލް ކާޑެއް މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށް ރަސްމީކޮށް ދޫކުރަން ފަށައިފިއެވެ.
މި ކާޑަކީ ކުރިން ޕްރިންޓްކޮށްގެން ދޫކުރަމުން އައި ކެރިއަރ ކާޑުގެ ބަދަލުގައި ތައާރަފުކުރި ކާޑެކެވެ. މި ކާޑުގައި ހަތް ބާވަތެއްގެ ސިފަ ހިމެނެއެވެ. ކާޑުގެ ސައްހަކަން ޔަގީންކުރެވޭ ގޮތަށް ޚާއްސަ ކިއުއާރު ކޯޑެއް ވެސް ހިމަނާފައިވެއެވެ. އެ ކޯޑު ސްކޭންކުރުމުން ތެލަސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމާ ގުޅޭ މައުލޫމާތާއި އިރުޝާދު ލިބެއެވެ. މިހާރު މި ކާޑު ފޮނުވަމުން ދަނީ ވަޓްސް އެޕް އަދި އީމެއިލް މެދުވެރިކޮށެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު (4/2012) ގެ ދަށުން ސްކްރީނިންގ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ސަރުކާރުގެ ސިއްހީ މަރުކަޒެއްގައި ޑީއެންއޭ ލެބޯރެޓަރީއެއް ގާއިމުކޮށް، 8 ފެބްރުއަރީ 2026 އިން ފެށިގެން އެ ތަނުން ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ބައިނަލްއަގުވާމީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ހީމޮގްލޯބިންގެ ގިނަ މިއުޓޭޝަންތައް ދެނެގަންނަ ޑީއެންއޭ ތަހުލީލުގެ މި ޚިދުމަތް ދެމުން ގެންދަނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށެވެ. މިއީ މި ޚިދުމަތް ރާއްޖޭގައި ދޭ ފުރަތަމަ ފަހަރެވެ.
ލޭގެ ބަލިތަކަށް ޚާއްސަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުން، މި ދާއިރާގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް