ހައްޖު ކިޔޫގައި މިހާރު ޖެހޭ މީހުންނަށް ޖާގަ ލިބޭނީ 2043 ގައި
ހައްޖު ކޯޕަރޭޝަނުގައި މިހާރު ނަން ނޯޓުކުރާ ފަރާތްތަކަށް ހައްޖަށް ދެވޭނީ 17 އަހަރު ފަހުން، 2043 ވަނަ އަހަރު ކަމަށް އެ ކޯޕަރޭޝަނުން މިރޭ ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުގައި މިހާރު ނަން ނޯޓުކުރާ ފަރާތްތަކަށް ހައްޖަށް ދެވޭނީ 17 އަހަރު ފަހުން، 2043 ވަނަ އަހަރު ކަމަށް އެ ކޯޕަރޭޝަނުން މިރޭ ބުނެފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު ހެޑް ޢަބްދުﷲ މުއާޒު ވިދާޅުވީ، ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް ޤާނޫނު ބަދަލުވި ނަމަވެސް ކިޔޫގެ ތަރުތީބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ޖާގަ ކަށަވަރުވާނީ ފައިސާ ދައްކާ ތަރުތީބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ފަރުޟު ޙައްޖަށް ބޭނުންކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ހެދި ގަވާއިދަށް ޢަމަލުކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އުޞޫލުން ޖާގަ ހޯދުމަށް ޝަރުތަކީ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައި ނުވުމާއި ރިޓަޔަމަންޓް އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ހުރުމެވެ. ބޯހިޔާވަހިކަމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ ނަމަ، އެ ޢަދަދު އުނިކޮށްފައި ވެސް 336,000 ރުފިޔާ ހުންނަން ޖެހެއެވެ.
މި އުޞޫލުގެ ދަށުން ހައްޖަށް ދާން އެދޭ މެންބަރުން ފުރަތަމަ ދަތުރުގެ އަގުގެ 20 އިންސައްތަ ހައްޖު ކޯޕަރޭޝަނަށް ދެއްކުމަށް ފަހު، ބާކީ ބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން ތަރުތީބުން ޖާގަ ރިޒާވްކޮށްދެއެވެ. ޕެންޝަން އެކައުންޓުން ފައިސާ ވަގުތުން ނުކެނޑޭނެ ކަމަށާއި، ހައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރެވެންދެން އެ ފައިސާ އިންވެސްޓްކުރެވެމުންދާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.
ސަޢޫދީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރަކު ދޫކުރަނީ 1,000 މީހުންގެ ހައްޖު ކޯޓާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް