ކީސާ ދޯނި ރަސްމާލެ ފަރަށް އެރުމުން ހަތަރު މީހުން ސަލާމަތްކޮށްފި
ވ. ފޮއްތެޔޮއިން މާލެއަށް ދަތުރުކުރަމުންދިޔަ ކީސާ ދޯނި ރަސްމާލޭގެ އިރުމަތީ ފަރާތުގެ ފަރަށް އެރުމާ ގުޅިގެން އެ ދޯނީގައި ތިބި ދިވެއްސަކާއި ތިން ބިދޭސީއަކު އެމްއެންޑީއެފުން ސަލާމަތްކޮށްފިއެވެ.
ވ. ފޮއްތެޔޮއިން މާލެއަށް ދަތުރުކުރަމުންދިޔަ ކީސާ ދޯނި ރަސްމާލޭގެ އިރުމަތީ ފަރާތުގެ ފަރަށް އެރުމާ ގުޅިގެން އެ ދޯނީގައި ތިބި ދިވެއްސަކާއި ތިން ބިދޭސީއަކު އެމްއެންޑީއެފުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ދޯނި ފަރަށް އެރި ކަމުގެ މަޢުލޫމާތު ރޭ 23:51 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް އެ ސަރަޙައްދަށް ފޮނުވި ކަމަށެވެ. އެ ޓީމުން ރޭ ދަންވަރު 02:37 ހާއިރު ދޯނި އޮތް ތަނަށް ގޮސް، ދޯނީގައި ތިބި ހަތަރު މީހުން ހާބަރކްރާފްޓަށް ނަގާފައިވެއެވެ.
މި ހާދިސާގައި ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާވެފައިވާތީ، އެ މީހާ ވަނީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް