ކޮޕް31 ހަވާސާގައި ރައީސް މުޢިއްޒު ސީޝެލްސްގެ ނައިބު ރައީސާ ބައްދަލުކޮށްފި
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަން ޕިއްލޭއާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯއްދެވުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނެވެ.
ބައިނަލްއަޤުވާމީ މަސްރަޙުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި އެކުގައި ވަކާލާތުކުރެއްވުމަށާއި، މޫސުމީ ވިލުންތެރިކަން ވަރުގަދަކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ވަސީލަތްތައް ހޯއްދެވުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވެއެވެ.
އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގެ ހަރަކާތްތައް ކުރިއަށް ދަނީ މި މަހުގެ ނުވައަކުން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ ވެރިންގެ މަތީ ފަންތީގެ ބައްދަލުވުންތައް ތާވަލުކޮށްފައި އޮތީ މި މަހުގެ 11 އިން 12 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް