މައިގަނޑު ބަޔަށް ދާން

ހަބަރު

58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސްގެ ދެކަނބަލުން ރައްޔިތުންނަށް ފޮނުއްވައިފި

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސްގެ ދެކަނބަލުން ރައްޔިތުންނަށް ފޮނުއްވައިފި

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒު ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވީ ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ފަސްޓްލޭޑީ ސާޖިދާ ވެސް ވަނީ ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެން، ޖުމްހޫރީ ވެރިކަމުގެ ހިޔާވަހީގައި ޤައުމަށް ކުރިއެރުމާއި ތަމައްދުން މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވައިފައެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރީ 1953 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުގައެވެ.

ދެވަނަ ޖުމްހޫރިއްޔާގައި މިހާތަނަށް ރައީސް އިބްރާހީމް ނާޞިރާއި ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަނާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިމެނޭ ގޮތުން ހަތް ބޭފުޅަކު ޤައުމުގެ ވެރިކަން ކުރައްވައިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.