ޖުމްހޫރީ ދުވަހުގެ ބަންދުގައި ވެސް ތިން ސަރަޙައްދެއްގައި ޕާސްޕޯޓު ޚިދުމަތް ދެނީ
ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި ވީ ނަމަވެސް، މިއަދާއި މާދަމާ މާލެ، ހުޅުމާލެ އަދި އައްޑޫގެ އިމިގްރޭޝަން އޮފީސްތައް ހުޅުވައި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

ރައްޔިތުންނަށް ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގޮތުން އެ އިދާރާއިން ވަނީ މި ތިން ސަރަޙައްދުގައި ޚިދުމަތް ދެމެހެއްޓުމަށް ހަމަޖައްސައިފައެވެ. ހުޅުމާލޭ އޮފީހުން ހެނދުނު 08:30 އިން މެންދުރުފަހު 16:00 އަށް ނަންބަރު ދޫކުރާ އިރު، އައްޑޫ އޮފީހުން ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން ހަވީރު 17:00 އާ ހަމައަށެވެ.
މީގެ އިތުރުން، އިމުގާ ޕޯޓަލް މެދުވެރިކޮށް ދުވަހުގެ 24 ގަޑިއިރު އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މެޑިކަލް އެމަރޖެންސީ ފަދަ ކުއްލި ޙާލަތެއް ދިމާވެއްޖެ ނަމަ 9555333 އަށް ގުޅައިގެން ވެސް ޚިދުމަތް ހޯދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް