ކޮޕް31 ސަމިޓުގެ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގެ އަންތާލިޔާ ލީޑާރސް ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ 31 ވަނަ ކޮޕް ކޮންފަރެންސް ކުރިއަށްދަނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު 10 އިން 14 އަށެވެ. "ޓުވާޑްސް އަ ސަސްޓެއިނަބަލް، ރެސިލިއެންޓް، އެންޑް އިކުއިޓިބަލް ފިއުޗާ" މި ޝިޢާރުގެ ދަށުން ބާއްވާ މި ސަމިޓުގައި ދުނިޔޭގެ ލީޑަރުން ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ވަރުގަދަކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ފެށުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ޤައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ ވެރިންނާ އެކު ރަސްމީ އާއިލީ ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ.
މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާ ދާއިރާތަކުގެ ތެރޭގައި ސާފު ހަކަތައަށް ބަދަލުވުމާއި، ޢަމަލީ ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމާއި، މޫސުމީ މާލީ އެހީތެރިކަމާއި، ޝަހަރީ ސަރަޙައްދުތައް މޫސުމީ ބަދަލުތަކަށް ހޭނުވުން ހިމެނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް