ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެންފައިވާ 12 ބޭފުޅުންގެ ލަފާދޭ މަޖިލީހެއް އެކުލަވާލައްވައިފި
ޤައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުއްވުމަށްޓަކައި، ދައުލަތުގެ ޢިއްޒަތުގެ ޝަރަފު ލިބިވަޑައިގެންފައިވާ 12 ބޭފުޅުން ހިމެނިވަޑައިގަންނަވާ ޚާއްޞަ މަޖިލީހެއް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
ޤައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުއްވުމަށްޓަކައި، ދައުލަތުގެ ޢިއްޒަތުގެ ޝަރަފު ލިބިވަޑައިގެންފައިވާ 12 ބޭފުޅުން ހިމެނިވަޑައިގަންނަވާ ޚާއްޞަ މަޖިލީހެއް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
"ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި އުފެއްދެވި މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. ޤައުމު ހިންގެވުމުގައްޔާއި ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވުމުގައި އަދި ޤައުމަށް ކުރިމަތިވާ ތަފާތު ކަންކަމާ ގުޅިގެން މަޝްވަރާ ބޭނުންފުޅުވާ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވުމަކީ މި މަޖިލީހުގެ މައިގަނޑު މަސައްކަތެވެ.
މި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީނާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދާއި، ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ލަޠީފާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީ އާއި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމާއި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރާއި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނާއި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފަދަ ޚާއްޞަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެ ކަން އިޢުލާން ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް