އުތުރުގެ އަތޮޅުތަކަށް ބޯ ވާރޭ ލަފާކޮށް ހުދު ސަމާލު ނެރެފި
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހއ އަތޮޅުން ފެށިގެން ބ އަތޮޅާ ދެމެދުގެ ސަރަޙައްދަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހއ އަތޮޅުން ފެށިގެން ބ އަތޮޅާ ދެމެދުގެ ސަރަޙައްދަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން މިރޭ 20:00 އާ ހަމައަށެވެ. އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، މިއަދުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. ކަމާ ބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް