މައިގަނޑު ބަޔަށް ދާން

ހަބަރު

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވާ "ރަހަވަރު" ކެއްކުމުގެ މުބާރާތަށް ރެޖިސްޓްރީ ހުޅުވާލައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން އިންތިޒާމުކުރާ "ރަހަވަރު" ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ. މި މުބާރާތުގެ މައިގަނޑު ބޭނުމަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމާއި، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ދާއިރާއިން ކުރާ ހިއްސާ ފާހަގަކޮށް، އައު އުފެއްދުންތަކަށް ހިތްވަރު ދިނުމެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ތައްޔާރުކުރަން ޖެހެނީ ރިހާކުރު އަދި ކުރުމަސް ބޭނުންކޮށްގެން ހަދާ އެއް މެއިން ކޯހެވެ. އެއްވަނައަށް ދާ ޓީމަކަށް 15,000 ރުފިޔާ، ދެވަނައަށް 10,000 ރުފިޔާ އަދި ތިންވަނައަށް 7,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އޮންލައިންކޮށް ހުށަހެޅޭއިރު، މުބާރާތުގެ ޤަވާޢިދާއި އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.