މައިގަނޑު ބަޔަށް ދާން

ހަބަރު

މޭޔަރު ސައުދު ޢަލީއާ ދެކޮޅު ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި ކުރާ ދައުވާތަކެއް ކަމަށް ސިފަކޮށް، އެ ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

މޭޔަރު ސައުދު ޢަލީއާ ދެކޮޅު ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި ކުރާ ދައުވާތަކެއް ކަމަށް ސިފަކޮށް، އެ ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

ޤާނޫނުލްޢުޤޫބާތުގެ ދަށުން ސައުދު ޢަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދެ ދައުވާއެކެވެ. ފުރަތަމަ ދައުވާއަކީ އެނގިހުރެ ޞައްޙަ ނޫން ލިޔެކިޔުމެއް ދިނުމުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ފޯރުކޮށްދިނުމުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް ބިނާވެފައި އޮތީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކައުންސިލް ނިންމުމެއްގެ ޒިންމާ ފަރުދީ ގޮތެއްގައި ސައުދު ޢަލީ އުފުއްލައި ޖިނާއީ ދައުވާ ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ ޢާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ. އެ ޕާޓީން ބުނީ ފުލުހުންނާއި ޕީޖީ އޮފީހުން މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ އެހެން މައްސަލަތަކާ ޚިލާފަށް އާދަޔާ ޚިލާފު ހަލުވިމިނެއްގައި ކަމަށެވެ. ހަމައެއާއެކު ކްރިމިނަލް ކޯޓުން ވެސް އެހެން ޤަޟިއްޔާތަކާ ތަފާތުކޮށް ވީ އެންމެ އަވަހަކަށް ޙުކުމް ކުރުމަށް އަމާޒުހިފާފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. އެމްޑީޕީން ބުނި ގޮތުގައި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައެއް ނުވެއެވެ.

އެ ޕާޓީން ފާހަގަކޮށްފައިވާ ގޮތުގައި ސައުދު ޢަލީ އަލުން މޭޔަރުކަމަށް ހޮވުނަސް މަޤާމު ގެއްލުވާލައި ޖަލަށް ލާނެ ކަމުގެ އިންޒާރު، ޕީއެންސީގެ މެންބަރު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ޢާންމު ތަނެއްގައި ދީފައިވެއެވެ. އެ އިންޒާރު ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދައުވާ ހުށަހެޅުން ވެސް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީން ދެކޭ ގޮތުގައި މި ފިޔަވަޅުތަކުގެ އަސްލު ބޭނުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ތިނަދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ މޭޔަރުގެ މަޤާމު ގެއްލުވާލުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.