މޯލްޑިވިއަނުން ގަންނަ ޒަމާނީ ސީޕްލޭނާ އެކު ރޭގަނޑު ދަތުރުކުރެވޭނެ
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ އަލަށް ގެންނަ ޑީއެޗްސީ 6 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަރުކާގެ ދެ ބޯޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޒަމާނީ އެއާކްރާފްޓުތަކެއް ކަމަށެވެ. މިހާރު ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކުގައި ރޭގަނޑު ދަތުރުކުރެވޭ ވަސީލަތްތައް ނެތް ނަމަވެސް އާ ބޯޓުތަކުގައި އެ ޤާބިލުކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެނެޑާގެ ކުންފުންޏަކާ އެކު ދެ ސީޕްލޭން ގަތުމުގެ އެއްބަސްވުމެއްގައި މޯލްޑިވިއަނުން މިމަހުގެ 11 ވަނަ ދުވަހު ސޮއިކޮށް އެ ބޯޓުތަކާ އެކު ރޭގަނޑު ސީޕްލޭން ދަތުރުކުރުމުގެ މަގު ފަހިވާނެ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަލީ ސަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ އަލަށް ގެންނަ ޑީއެޗްސީ 6 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަރުކާގެ ދެ ބޯޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޒަމާނީ އެއާކްރާފްޓުތަކެއް ކަމަށެވެ. މިހާރު ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކުގައި ރޭގަނޑު ދަތުރުކުރެވޭ ވަސީލަތްތައް ނެތް ނަމަވެސް އާ ބޯޓުތަކުގައި އެ ޤާބިލުކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ރާއްޖޭގައި ސީޕްލޭން އޮޕަރޭޝަންގައި މި ގެންގުޅޭ ބޯޓުތަކުގައި ރޭގަނޑު ދަތުރުކުރެވޭ އިކުއިޕްމަންޓްސްއާއި އެއްޗެހިއެއް ނުހުންނާނެ. އެކަމަކު އަޅުގަނޑުމެން މިހާރު މި އޯޑަރދިން އެއަރކްރާފްޓް ތަކުގައި ރޭގަނޑުވެސް ދަތުރުކުރުމުގެ ފުރުޞަތު އޮންނާނެ. އަދި ސީޕްލޭންއެއްގެ ގޮތުގައިވެސް ދަތުރުކުރުމުގެ ފުރުސަތު އޮވެފައި އޭގެ އިތުރަށް އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ ވީލްބޭސްގައިވެސް." ސަލީމް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި މިހާރު 11 ބޯޓު އޮތް އިރު ރިސޯޓުތަކާއި ބައެއް ރަށްރަށަށް ވެސް އެ ކުންފުނިން ދަނީ ސީޕްލޭން ޚިދުމަތް ފޯރުކޮށްދެމުންނެވެ. ޚިދުމަތް ފެށުމަށް ގިނަ ރިކުއެސްޓުތައް ލިބެމުންދާ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިއަހަރުގެ ފެބްރުއަރީ މަހު ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅުވައިލާފައިވާ އިރު ވީލްބޭސްކޮށް ވެސް ބޭނުންކުރެވޭ ބޯޓުތަކެއް ކަމުން އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ދެކެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް