މައިގަނޑު ބަޔަށް ދާން

ހަބަރު

ހާޓް އެޓޭކަށް ފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހި، ބާބާ އެހީއަށް އެދެފި

ފުވައްމުލައް ސިޓީގެ ހަސަން އަތީގު (ބާބާ) އަށް ހާޓް އެޓޭކެއް ޖެހި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހުމުން ޢާންމުންގެ މާލީ އެހީތެރިކަމަށް އެދެފިއެވެ.

ހާޓް އެޓޭކަށް ފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހި، ބާބާ އެހީއަށް އެދެފި

ފުވައްމުލައް ސިޓީގެ ހަސަން އަތީގު (ބާބާ) އަށް ހާޓް އެޓޭކެއް ޖެހި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހުމުން ޢާންމުންގެ މާލީ އެހީތެރިކަމަށް އެދެފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ރަށުގައި ހުއްޓައި އަތީގަށް ހާޓް އެޓޭކެއް ޖެހި، ޖެހިގެން އައި ދުވަހު ފުވައްމުލަކު ހޮސްޕިޓަލުން އައިޖީއެމްއެޗަށް ފޮނުވައިގެން ފަރުވާ ދެމުން ގެންދާތާ 16 ދުވަސް ވެފައިވެއެވެ. މިހާތަނަށް ހިތުގެ ދެ އެންޖިއޯގްރާމް ހަދާފައިވެއެވެ.

އަތީގު ބުނީ ހާޓް އެޓޭކަށް ފަހު ކަރުގެ ދެ ފަރާތުން ނާރު ވަރަށް ބޮޑަށް ދުޅަވެ ރިއްސާތީ އައިޖީއެމްއެޗަށް ދާ ކޮންމެ ފަހަރަކު އީއާރުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ކަމަށެވެ. އެތައް ޑޮކްޓަރަކަށް ދައްކައި ޓެސްޓުތައް ހެދި ނަމަވެސް ބައްޔަށް ލުއިކަމެއް ނުލިބޭ ކަމަށާއި ބަލީގެ އަސްލު ވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ.

މިހާރު ވެސް އެޑްމިޓްކޮށްފައި އޮތް އަތީގު ބުނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން އާސަންދަ ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އޭނާއަކީ ގާޑިޔާ ހިންގައިގެން އަމިއްލައަށް އާމްދަނީ ހޯދާ މީހަކަށް ވެފައި، ބަލިވުމާ ގުޅިގެން ގާޑިޔާ ހުއްޓިފައިވާތީ ފައިސާ ލިބޭނެ އިތުރު ގޮތެއް ނެތް ކަމަށެވެ. އިންޑިއާގައި ހޭދަވާނެ ދުވަސް ޔަގީން ނުވާތީ ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ ޚަރަދުތަކަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށާއި، އެ ފަދަ ތަނަވަސްކަމެއް މިވަގުތު ނެތުމުން ޢާންމުންގެ ދީލަތި އެހީ ބޭނުންވާ ކަމަށް އަތީގު ބުނެފައިވެއެވެ.

އެހީވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓް ނަންބަރު 7703234441101 ނުވަތަ އެމްއައިބީ އެކައުންޓް ނަންބަރު 90603100669081001 އަށް ފައިސާ ފޮނުވޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.