ޝަމްހީދުގެ މައްޗަށް 4.3 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ނުދައްކަވާ އޮތް 281،474.28 ޑޮލަރު ނުވަތަ 4.3 މިލިއަން ރުފިޔާ ފަސް މަސް ތެރޭގައި ދެއްކެވުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެމްއައިބީން ދޫކޮށްފައިވާ 500،000 ޑޮލަރުގެ ފެސިލިޓީއެއްގެ ތެރެއިން ނުދައްކާ ހުރި ފައިސާގެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ބޭންކުންނެވެ. އެ ދައުވާ އުފުލާފައިވަނީ ދެ ކުންފުންޏެއްގެ އިތުރުން ލޯނަށް ޒިންމާވާ އަމިއްލަ ފަރާތްތަކުގެ މައްޗަށެވެ. އެ ފަރާތްތަކުގެ ތެރޭގައި މެންބަރު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ.
ކޯޓުގެ ހުކުމުގައި ވަނީ ނުދައްކާ ހުރި 281،474.28 ޑޮލަރު ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައިފައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ވެސް ދެއްކުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ޝަމްހީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ. އެ ކެމްޕެއިންގެ ދަށުން ރަށްރަށަށް ދަތުރުކުރައްވައި ތާއީދު ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވާ އިރު، ވަކި ޕްރޮގްރާމްތަކެއް ވެސް ވަނީ ފައްޓަވައިފައެވެ. މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވައިފި ނަމަ ގޮނޑި ގެއްލުމުގެ ފުރުޞަތު އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް