ޖަލު ހުކުމް ތަންފީޒުކޮށް މިނިވަންވި ނައުޝާދު، ފުރުޤާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ ބަރަހަނާވެއްޖެ
މިސްކިތެއްގެ ތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން ދާދިފަހުން މިނިވަންވި ގ. މާލެހިޔާ 2 02-13، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާ، މަސްޖިދުލް ފުރްޤާންގައި ޟުޙާ ނަމާދު ކުރަން ހުރި އަންހެނެއްގެ ކުރިމައްޗަށް އަރައި ބަރަހަނާވެ މުޑުދާރު ޢަމަލެއް ހިންގައިފިއެވެ.
މިސްކިތެއްގެ ތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން ދާދިފަހުން މިނިވަންވި ގ. މާލެހިޔާ 2 02-13، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާ، މަސްޖިދުލް ފުރްޤާންގައި ޟުޙާ ނަމާދު ކުރަން ހުރި އަންހެނެއްގެ ކުރިމައްޗަށް އަރައި ބަރަހަނާވެ މުޑުދާރު ޢަމަލެއް ހިންގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ނައުޝާދު ވަނީ އެ މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމައްޗަށް ގޮސް އަންނައުނު ބާލައި، އަމިއްލަ އެދުން ފުއްދުމުގެ ޢަމަލެއް ހިންގާފައެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ބުނީ ފުރުޤާން މިސްކިތުގައި އެ ފަދަ ކަމެއް ހިނގި ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"މިމައްސަލާގައި އެފަރާތުން ދިން މަޢުލޫމާތާއި ގުޅިގެން ނައުޝދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. އަދި ފުލުހުން ދަނީ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެފަރާތް އެފަދަ ކަމެއް ރަކުރާރުކޮށް ކުރިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން." ފުލުހުން ބުންޏެވެ.
ނައުޝާދު ވަނީ މީގެ ކުރިން ވެސް ހަމަ ފުރުޤާން މިސްކިތުގައި މި ފަދަ ޢަމަލެއް ހިންގާފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފަތިހު އޭނާ އެ މިސްކިތަށް ވަދެ މިސްކިތް ތެރެއަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ ޢަމަލުތަކެއް ހިންގި މައްސަލައިގައި އޭނާ ހައްޔަރުކޮށް، ފުރަތަމަ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދިނެވެ. އެއަށް ފަހު ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރިއެވެ. ކްރިމިނަލް ކޯޓުން މި ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ހުކުމް އިއްވީ އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި އެއް މަހާއި 21 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، ތަންފީޒުކުރަން ޖެހޭ އިތުރު އަދަބެއް ނެތުމުން ކޯޓުން އޭނާ މިނިވަންކުރީއެވެ.
ބަންދުން ދޫކޮށްލި ފަހުން ވެސް ނައުޝާދު ތަކުރާރުކޮށް މިސްކިތްތަކަށް ގޮސް ނިދައި، މިސްކިތްތަކުގެ މަޞްލަޙަތު ގެއްލޭ ގޮތަށް އުޅެމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް